ިއިންސްޓަގްރާމް އެޕް

ދުނިޔެ

އިންސްޓަގްރާމް އިން ޔޫ-ޓާން އެއް ނަގައި، އެނބުރި ޓިކްޓޮކް ސްޓައިލަށް

ޒައިން ޠާލިބް - ދުނިޔެ | 30 ޖުލައި 2022 , ހޮނިހިރު 18:29   418

އިންސްޓަގްރާމްގެ އާ ފީޗާތަކުގެ ތެރޭގައި ރެކޮމެންޑް ކުރެވިފައިވާ ވީޑިއޯ ކޮންޓެންޓް އިތުރަށް ހިމެނިގެންދާނެއެވެ. މިއީ ޓިކްޓޮކްގެ ވެސް ހިމެނޭ ފީޗާއެކެވެ.

މީހުން ވަނީ މިކަމާ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ސަބަބަކީ ރައްޓެހިންނާއި އާއިލާގެ ފޮޓޯ އެހާ ބޮޑަށް ނުފެންނާނެ ކަމަށް ހީވާތީއެވެ.

އިންސްޓަގްރާމަށް މި ބަދަލުގެންނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ވާދަވެރި ޓިކްޓޮކްގެ މަގުބޫލުކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނާތީއެވެ.

ޑިޖިޓަލް އެނަލިޓިކްސް ކުންފުނި "ސެންސަރ ޓަވަރު" ގެ ޑާޓަ އިން ބަލާއިރު ދުނިޔޭ ގެ އެކިކަންކޮޅުތަކުން ތިން ބިލިއަނަށް ވުރެ ގިނަ މީހުންވަނީ ޓިކްޓޮކް އަަޅާފައެވެ. އަދި ޓިކްޓޮކްއަކީ ދުނިޔޭގެ މިވަރުގެ މަޤްބޫލްކަން ހޯދައިފައި ވާ އެންމެ ފުރަތަމަ އެޕް އެވެ. އަދި އެއީ މެޓަ ކުންފުނީގެ އެޕް އެއްވެސް ނޫންކަމެވެ.

އިންސްޓަގްރާމްގެ ވެރިޔާ އޭޑަމް މޮސެރީ ބުނީ ބަދަލުކޮށްފައިވާ އެޕްގެ ޓެސްޓް ވާޝަން ހަފުތާތަކެއްގެ ތެރޭގައި ފޭޒް އައުޓް ވާނެ ކަމަށެވެ.

މެޓަ ކުންފުނިން ވިދާޅުވީ ޢާއްމުންގެ ފީޑްބެކަށް ބިނާކޮށް، އިންސްޓަގްރާމްގައި ފުލް ސްކްރީން ޓެސްޓް މަޑުޖައްސާލާފައި އެހެން ގޮތްތައް ހޯދުމަށް، އަދި ފީޑުން ފެންނަ ރެކޮމެންޑޭޝަންތައް ވަގުތީ ގޮތުން މަދުކުރާާނެ ކަމަށެވެ.

ޓެގްސް: އިންސްޓަގްރާމް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.