އެކްޓަރ ސަލްމާން ޙާން އާއި އަމީޒް ބަޒްމީ

މުނިފޫހިފިލުވުން

"ނޯ އެންޓްރީ" ގެ ސީކުއެލް އަންނަ ޑިސެމްބަރ މަހު ފެށަނީ

ދާނިޝް - އިންޑިއާ | 31 ޖުލައި 2022 , އާދީއްތަ 12:14   181

ބޮލީވުޑްގެ މަޝްހޫރު ފިލްމެއް ކޮމެޑީ ފިލްމެއް ކަމަށްވާ "ނޯ އެންޓްރީ" ގެ ސީކުއެލް މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ ދާދި ފަހުން ސަލްމާން ޙާން މީޑިއާ ތަކަށް ދިން އިންޓަވިއު އަކުންނެވެ. އޭނާ ބުނި ގޮތުގައި މިހާރު އޭނާ މަސައްކަތް ކުރަން ފަށައިފައުވާ ފިލްމު "ބައިޖާން" ގެ ޝޫޓިން ނިމުމަށް ފަހު " ނޯ އެންޓްރީ" ގެ ސީކުއެލް އޭނާ ފަށައިނެ ކަމުގައެވެ.

ސަލްމާން މިގޮތައް މައުލޫމާތު ދީފައި ވާއިރު ނޯ އެންޓްރީގެ ޑައިރެކްޓަރ އަނީސް ބްޒްމީވެސް ވަނީ ފިލްމުގެ ސީކުއެލްގެ ޝޫޓިންގް ޑިސެމްބަރ މަހު ފެށުމަށް ތައްޔާވަރުމުން ދާކަމަށް ބެނެފައެވެ.

މިސީކުއަލް މީގެކުރިން ފަށާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން "ނޯ އެންޓްރީ" ގެ މެއިން 2 ލީޑް ރޯލް ކަމަށްވާ އެކްޓަރު އަނިލް ކަޕޫރާއި ސަލްމާން ޚާންއަށް ފިލްމަށް ވަގުތު ދެވެން ނެތުމާއި ގުޅިގެން ފިލްމުގެ މަސައްކަތް ލަސްވީ ކަމުގައެވެ.

2005 ވަނަ އަހަރު ނެރުނު " ނޯ އެންޓްރީ" އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ލަފާކުރެވޭ ގޮތުގައި މި ފިލްމުގެ ސީކުއެލް އަށްވެސް ހަމަ އެވަރުގެ ތަރުހީބެއް ލިބިގެން ދާނެއެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.