ސްމޯޅްޕޮކްސް ވެކްސިން

ހަބަރު

މަންކީޕޮކްސް ބައްޔާދެކޮޅަށް ސްމޯލްޕޮކްސް ނުވަތަ ކުޑަވިދުރި ވެކްސިން

ދާނިޝް - ޔޫރަޕް | 31 ޖުލައި 2022 , އާދީއްތަ 10:03   354

ޔޫރަޕްގެ ޤައުމުތަކުގައި މަންކިޕޮކްސް އާއި ދެކޮޅަށް ކުޑަވިދުރި ވެކްސިން ދިނުމުގެ ހުއްދަ ދީފިއެވެ.

މި ނިންމުން ނިންމައިފައި ވަނީ ޔޫރަޕިއަން ކޮމިޝަނުންނެވެ. އެގޮތުން، އެ ކޮމިޝަނުން ހުއްދަ މިދިން ވެކްސިނަކީ ޔޫރަޕްގައި ސްމޯލްޕޮކްސްއާ ދެކޮޅަށް ޔޫރަޕްގައި ބޭނުންކުރާ ވެކްސިން "އިވެމްވެނެކްސް" އެވެ. މި ވެކްސިން ތަރައްގީކޮށް އުފައްދާފައިވަނީ އެ ކުންފުންޏަކީ އިންފެކްޝަސް ޑިޒީޒަސްއާއި ކެންސަރާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ތަރައްގީކޮށް އުފައްދާ، ޑެންމާކްގެ ބަވަރިއަން ނޯރޑިކް ކުންފުންޏެވެ.

މަންކީޕޮކްސްއާ ދެކޮޅަށް ސްމޯލްޕޮކްސް ވެކްސިން ބޭނުންކުރުމަށް އީޔޫ އިން ނިންމިއިރު، މަންކީޕޮކްސް ޖައްސާ ވައިރަސްއާއި، ސްމޯލްޕޮކްސްބަލި ޖައްސާ ވައިރިހުގައި ހުރި އެއް ގޮތް ކަމާއި އެކު ސްމޯލްޕޮކްސްއަށް އުފައްދާފައިވާ ވެކްސިން، މަންކީޕޮކްސްއިން ރައްކާތެރި ކޮށްދޭކަމަށް ޑަބްލިޔުއެޗްއޯއިންވެސް ގަބޫލު ކުރައްވައެވެ. މަންކީޕޮކްސްއަކީ ސްމޯލްޕޮކްސްއާ އެއްގޮތް ބައްޔެއް ނަމަވެސް، ސްމޯލްޕޮކްސް އަށްވުރެ މަންކީޕޮކްސް ބަލިޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް އާންމުކޮށް ލުއި ކަމަށާއި، ބަލިޖެހޭ ގިނަމީހުން މަދު ހަފްތާތަކެއްގެ ތެރޭގައި ރަނގަޅުވެސް ވާކަމަށްވެސް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

މި ބަލި މިހާރު އެންމެ ބާރަށް ފެތުރެމުންދަނީ ޔޫރަޕްގެ ގައުމުތަކުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފައިވެއެވެ. އަދި މި ބަލީގައި މިހާތަނަށް އެކްކު ޔޫރަޕްއިން މަރުވެފައިވާއިރު މި ބަލީގައި މަރުވާ މީހުންގެ އަދަދު މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އީޔޫ އިން ދަނީ ބުނަމުންނެވެ. މަންކީޕޮކްސްބަލި ޖެހުމުން ފުރަތަމަ ފަސްދުވަހުގެ ތެރޭގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި ބުރަކަށީގައި ރިއްސުން ހިމެނެއެވެ. އަދި އެއަށްފަހު މޫނާއި، އަތުގައާއި، އަތްތިލައިގައާއި ފައިގައި ފިއްގަނޑުތަކެއް ނެގުމަށްފަހު، ޖިންސީ ގުނަވަންތަކަށް ގެއްލުންލިބުމާއި، ގައިގެ އެކު ތަންތަނުގައި ފޮޅު ނެގުން ހިމެނެއެވެ،

ޓެގްސް: މަންކީޕޮކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.