ދެކުނު ޗައިނާ އިން 24 ޖުލައި 2022 ގައި އުދުހެމުން ދިޔަ ރޮކެޓް

ދުނިޔެ

ޗައިނާ އިން ޖައްވަ ފޮނުވާލި ރޮކެޓްގެ ބައިތަކެއް އެނބުރި ބިމަށް

ޒައިން ޠާލިބް - އޭޝިއާ | 31 ޖުލައި 2022 , އާދީއްތަ 17:29   353

ޗައިނާ އިން ޖައްވަ ފޮނުވާލި ރޮކެޓް "ލޯންގް މާރޗް 5B" އަކީ 53.7 މީޓަރު ދިގު އަދި 22 ޓޮނުގެ ބަރުދަން ހުރި ރޮކެޓް އެކެވެ. މި ރޮކެޓް ޖައްވުގައި ގޮވާ، އޭގެ ބައިތައް ވެއްޓިފައި ވަނީ ބިމަށް ވެއްޓިފައެވެ.

ވެއްޓުނު ބައިތައް ވެއްޓިފައިވަނީ، އިންޑިއާ އަދި ޕެސިފިކް ކަނޑުގެ ސަރަހައްދު ތަކަށްކަމަށް، އެމެރިކާ އާއި ޗައިނާގެ އޮފިޝަލުންނާއި ޙަވާލާދީ ބީބީސީ އިން ބުނެފައިވެއެވެ.

ޗައިނާގެ ޖައްވީ އިދާރާރާއިން ބުނެފައި ވަނީ، ލޯންގް މާރޗް 5B ގެ، ބޮޑުބައި ވަނީ ޖައްވުގައި އަނދާފައިވާކަމެވެ. އަދި މީގެކުރިން ވެސް އެއިދާރާއިން ބުނެފައިވަނީ ރޮކެޓްގެ ބައިތަކެއް ޖައްވުން ވެއްޓިގެން އަންނައިރު ގިނަ ބައިތަކެއް އަަނދައިގެން ދާނެކަމަށެވެ. އިތުރަށް ބުނެފައިވަނީ، ވެއްޓިގެން އަންނަށް ބައިތަށް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފޯރުމުގެ ފުރުސަތުވެސް ވަރަށް ކުޑަކަމަށެވެ.

ޗައިނާ ސަރުކާރުން ބުދަ ދުވަހު ބުނެފައިވަނީ މި ރޮކެޓްގެ ބައިތަކެއް އަނބުރާ ބިމަށްވެޓުމުގެ ސަބަބުން އިންސާނުންނަށް އަނިޔާ ލިބުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ.

2020 ވަނަ އަހަރު މޭއި މަހު ވެސް ވަނީ މިފަދަ ހާދިސާއެއް ހިގާނފައެވެ. އެގޮތުން އައިވޮރީ ކޯސްޓުގައި މީހުން ދިރިއުޅޭ ހިސާބަކަށް ވަނީ މިޙާދިސާއެއް ދިމާވެ ގިނަބަޔަކަށް ގެއްލުން ލިބިފައެވެ.

ލޯންގް މާރޗް 5B ރޮކެޓްގައި ގެންދެވިފައި ވަނީ ޓިއަންގޮންގް ޖައްވީ ސްޓޭޝަން އުފެއްދުންތައް ގެންގުޅޭ އެއްޗެހިތަކެކެވެ. އަދި ޗައިނާ އިން އުއްމީދު ކުރަނީ މިއަހަރުގެ ނިމުމުގެކުރިން ޓިއަންގޮންގް ޖައްވީ ސްޓޭޝަންގެ މަސައްކަތް ނިންމާލުމަށެވެ.

ޓެގްސް: ޗައިނާ ޖައްވީ ހޯދުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.