ލިވަޕޫލުން ކާމިޔާބީ ފާހަގަކުރަނީ

ކުޅިވަރު

ލިވަޕޫލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

ދާނިޝް - ޔޫރަޕް | 31 ޖުލައި 2022 , އާދީއްތަ 17:14   228

ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ މި ދެ ޓީމު ވާދަކުރި މެޗު ނިމިގެން ދިޔައީ 1-3 ގެ ނަތީޖާއަކުންނެވެ. އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު އާންމުކޮށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ނަމަވެސް، މި ފަހަރުގެ މެޗު ކުޅެފައި ވަނީ ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމުގައެވެ.

މިފަހަރުގެ މެޗް ލެސްޓާގެ ދަނޑުގައި ކުޅުން ނިންމީ އިންގްލަންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ޔޫރޯގެ ފައިނަލާއި ގުޅިގެންނެވެ.މި މެޗްގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި ފުރަތަމަ ގޯލެއް ޖަހައި ލީޑުނެގީ ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނިޓުގައި ލިވަޕޫލުން މެޗްގައި ޖެހި ފުރަތަމަ ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓްރެންޓް އެލެކްޒަންޑާ-އާނޯލްޑެވެ.

މި ލަނޑަށްފަހު މެޗުގެ ކުޅުން އިތުރަށް ފޯރިގަދަވެގެން ގޮސް މްޗުގެ 70 ވަނަ މިނިޓުގައި ސިޓީއިން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހޫލިއަން އަލްވަރޭޒް އެވެ.

ވާދަވެރު ކުޅުމެއް މި ލަންޑަށް ފަހު ފެނިގެން ދިޔަ އިރު މެޗުގެ 83 ވަނަ މިނިޓުގައި ލިވަޕޫލުން މެޗުގެ ލީޑު ލިބުނު ޕެނަލްޓީއެއްގެ އެހީގައި އަލުން ނެގިއެވެ. އަދި އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމެވެ ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ޑާވިން ނޫނޭޒް ކާމިޔާބު ކޮށްދިން ލަނޑާއެކު ލިވަޕޫލުން މެޗުގެ ލީޑު އިތުރަށް ފުޅައުކުރިއެވެ.

ޝީލްޑް މެޗުން ސިޓީ މިއަހަރު ބަލިވިއިރު، މިއީ ޝިލްޑް މެޗުން ސިޓީ ވިދިވިދިގެން ބަލިވި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރު ސިޓީ ޝިލްޑް މެޗުން ބަލިވީ ލެސްޓާ އަތުންނެވެ. ހަމައެއާއި އެކު މިއީ ލިވަޕޫލުން 2006 ވަނަ އަހަރަށްފަހު ޝިލްޑް ކާމިޔާބު ކުރި ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.