ރައީސް ސޯލިހް އިންޑިއާގެ ބޮޑު ވަޒީރާއިއެކު

ހަބަރު

ކުރިއަށް އޮތް 3 މަހަށް ބޭނުންވާ ޒަރޫރީތަކެތި ރާއްޖެ ފޯރުކޮށްދިނުމުގެ ޔަގީންކަން އިންޑިއާއިން ދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޯގަސްޓު 2022 , ހޯމަ 12:21   221

ރާއްޖެއަށް ބޭނުންވާ ޒަރޫރީތަކެތި ލިބެންހުންނާނެކަމުގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއިން ރާއްޖެއަށް، ކުރިއަށް އޮތް ތިންމަހަށް ބޭނުންވާނެ 9 ބާވަތެއްގެ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް، އިންޑިއާއިން އެއްބަސްވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި، އަދި މުގެވެ. މީގެ އިތުރުން، ޢިމާރާތްކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ވެސް ހިމެނެއެވެ.

މިހާރު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން އިންޑިއާއިން ޒަރޫތަކެތި ބޭރުކުރާ މިންވަރު ކޮންޓްރޯލްކޮށްފައި ވީނަމަވެސް، ރާއްޖެއާއިއެކު އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ތިން މަހަށް ބޭނުންވާ، 7 ހާސް މެޓްރިކް ޓަނުގެ ހަކުރު އަދި 12 ހާސް މެޓްރިކްޓަނުގެ ފުށް އެކްސްޕޯޓްކުރެވޭނެ މަގުވަނީ ފަހިވެފައެވެ.

މިއެއްބަސްވުމާއި އެކު، އިންޑިއާއިން މިތަކެތި ބޭރުކުރުމުގައި އޮތް ހަރުކަށި އުސޫލަށް، ދިވެހިރާއްޖެ އިސްތިސްނާ ވާނެއެވެ.

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން އެންމެގިނައިން ގޮދަނުގެ ބާވަތްތައް އުފައްދާ އެއްގައުމަށް ވީނަމަވެސް، އެއީ ގޮދަން ބޭރުކުރުމުގައި ނިސްބަތުން ކުޑަ ގައުމެކެވެ. ދުނިޔޭގައި މިހާތަނަށް އެންމެ ގިނައިން ގޮދަނު ބާވަތް ބޭރުކުރަމުން އައީ ރަޝިއާ އާއި ޔޫކްރޭނުން ނެވެ. މިލިސްޓުގެ ދެން އެންމެ ކުރީގައި އުޅެނީ ވެސް އިރުމަތީ ޔޫރަޕްގެ ގައުމުތަކާއި، އެމެރިކާ، ކެނެޑާގެ އިތުރުން އޮސްޓްރޭލިއާއެވެ.

ޓެގްސް: އިންޑިއާ ކާބޯތަކެތީގެ ޔަޤީންކަން އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.