ރައީސް ޔާމީން ޑރ. ޝަހީމް އާއިއެކު

ހަބަރު

ރައީސް ޔާމީން އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޯގަސްޓު 2022 , ހޯމަ 00:44   246

ރައީސް ޔާމީން އަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރެއްވުމުގެ ޓިކެޓް، ޕީއެންސީ އިން އަރުވައިފިއެވެ.

މިކަން އިޢްލާންކުރައްވާފައިވަނީ ޕީއެންސީގެ ފަރާތުން އެޕާޓީގެ ރައީސް ޢަބްދުއްﷲ އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައެވެ. އިތުރައް އަބްދުއްރަހީމް ވިދާޅުވީ ބައިވެރިވި 99 މެމްބަރުންގެ އިއްތިފާގުން ޓިކެޓް ކަށަވަރުވެފައިވާއިރު، ރައީސް ޔާމީން މިހާރު އެކަން ގަބޫލުފުޅުވެސް ކުރައްވާފައިވާކަމަށެވެ.

އެހެންކަމުން، މިޓިކެޓް ޙަވާލުކުރެވިގެން މިދަނީ ޕްރައިމަރީއަކާއި ނުލައެވެ.

މިކަން މިގޮތަށް ނިމުނު ނަމަވެސް ރައީސް ޔާމީނުގެ ގިނަ މައްސަލަތަކެއް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. މިގޮތުން މިއިން މައްސަލައެއްގެ އަޑުއެހުމެއް މާދާމާ ވެސް އެބައޮތެވެ. އެއްވެސް މައްސަލައެއް ސާބިތުވެއްޖެނަމަ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިގެން ދާނެއެވެ.

ރައީސް ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުނީ ވެސް މިފަދަ ހުކުމަކާއި ގުޅިގެންނެވެ. އަދި ބަދަލުގައި ނިކުންނަވަން ނިންމުނީ އިބްރާހިމް މުޙައްމަދު ސޯލިހްއެވެ.

ޓެގްސް: ރައީސް ޔާމީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.