ނިއުޔޯކް މަންކީޕޮކްސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލު

ހަބަރު

ނިއުޔޯކްގައި މަންކީޕޮކްސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮއްފި

ޒަހީން ޠާލިބް - ދުނިޔެ | 1 އޯގަސްޓު 2022 , ހޯމަ 12:31   340

ނިއުޔޯކް ސިޓީގެ އޮފިޝަލުން ހޮނިހިރު ދުވަހުގައި މަންކީޕޮކްސް އާއި ގުޅިގެން ކުއްލި ނުރައްކަލު ހާލަތު އިއުލާންކޮށް، އެތަނަކީ ބަލި ފެތުރިފައިވާ މަރުކަޒެއް ކަމަށް ކަނޑައަޅާފައެވެ. މި ފިޔަވަޅާއެކު ބަލި ފެތުރުން މަދުކުރުމަށް އެހީތެރިވުމަށް އަޅާ ފިޔަވަޅުތައް އިތުރުވާނެއެވެ.

ސިޓީ ހެލްތު އެންޑް މެންޓަލް ހައިޖީން ޑިޕާޓްމަންޓުގެ ކޮމިޝަނަރު އާއި މޭޔަރު އެރިކް އެޑަމްސް އާއި ޑރ.އަޝްވިން ވަސަން ވިދާޅުވާ ގޮތުގައި ގާތްގަނޑަކަށް 150،000 ނިއުޔޯކުގެ ރައްޔިތުންނަށް މިވަގުތު މަންކީޕޮކްސް އަށް ހުށަހެޅުމުގެ ނުރައްކާ އެބޮއް ކަމަށެވެ. އަދި މި ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭނީ ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި އަވަސް ފިޔަވަޅުތަކާއިއެކު ވަސީލަތްތައް ފަސޭހައިން ލިބޭނެ ގޮތެއް ހަދާއިގެންކަމަށެވެ.

ގަވަރުނަރުގެ އަމުރުގައި މަންކީޕޮކްސް ވެކްސިން ދިނުމުގެ ޝަރުތު ހަމަވާ މީހުންގެ އަދަދު އިތުރުކޮށް، ވެކްސިން ޖަހާ ފަރާތްތަކުން، ވެކްސިންގެ ޑޭޓާ ސްޓޭޓްގެ ސިއްހީ ޑިޕާޓްމަންޓަށް ފޮނުވަން ލާޒިމްކޮށް، އިތުރު ވެކްސިން ހޯދުމާއި ޓެސްޓު ކުރުމުގެ ގާބިލްކަން ފުޅާކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރާނެ ކަމަށް ގަވަރުނަރު އޮފީހުން ވިދާޅު ވިއެވެ.

ބުރާސްފަތި ދުވަހު ލޯކަލް ހެލްތު އެމަޖެންސީ އިއުލާންކުރެއްވި ފުރަތަމަ ބޮޑު ސިޓީ ކަމަށްވާ ސެން ފްރެންސިސްކޯ ވެގެން ދިޔައީ ހަލުވިކަމާއެކު ކޭސްތައް އިތުރުވަމުންދާ އަދި ވެކްސިނަށް ބޮޑު ޑިމާންޑެއް އޮތްތަނަކަށެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މަންކީޕޮކްސް އާއި ގުޅޭ ގޮތުން އެ ޖަމިއްޔާގެ ދެވަނަ އެމަޖެންސީ ކޮމިޓީ ބާއްވައިގެން ބައިނަލްއަގްވާމީ ކަންބޮޑުވުންތަކާއެކު ކުއްލި ނުރައްކަލުގެ ހާލަތު އެބައޮއޮތްކަމަށް ކަނޑައަޅާފައެވެ.

ޓެގްސް: މަންކީޕޮކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.