މަޖިލީހުގެ ރައީސް އަދި ނައިބް ރައީސް

ހަބަރު

އެމްޑީޕީ މަޖްލީސް މެމްބަރުން އިސްވެތިއްބަވާ، ރައީސް ނަޝީދު އާއި އީވާ މަޖިލީހުގެ މަޤާމްތަކުން ދުރުކުރަން ރަސްމީ މަސައްކަތް ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޯގަސްޓު 2022 , ހޯމަ 21:38   297

އެމްޑީޕީގެ މަޖިލީސް މެމްބަރުން އިސްވެތިއްބަވައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި ނައިބު ރައީސް އީވާ ޢަބްދުއްﷲ މަޤާމުން ދުރުކުރުމުގެ ރަސް މަސައްކަތް ފަށައި، ސޮއި ހަމަކުރަން ފަށައިފިއެވެ.

މަޢްލޫމާތު ލިބޭގޮތުގައި މިހާތަނަށް ނުވަ މެމްބަރަކު ސޮއިކުރައްވައިފިއެވެ. އަދި ބާކީ ތިއްބެވި ގިނަ މެމްބަރުންނަށް ސޮއި ނުކުރެވިވަނީ، މިދުވަސްވަރަކީ ރައްޔިތުންގެ މަޖިލީސް ޗުއްޓީގައި އޮތް ދުވަސްވަރަކަށް ވެފައި، ގިނަ މެމްބަރުން ރަށުގައި ނޫޅުއްވާތީއެވެ.

މަޖިލީހުގެ އާ ދައުރު މިމަހު 18 ގައި ފެށުމާއި އެކު މިމައްސަލަ އެޖެންޑާ ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިމައްސަލަ އެޖެންޑާގައި ހިމެނުމަށްޓަކައި 22 މެމްބަރުންގެ ސޮއި ބޭނުންވާއިރު، މައްސަލަ ކާމިޔާބުކުރުމަށްޓަކައި 43 ވޯޓު ބޭނުންވާނެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި 65 މެމްބަރުން ތިއްބަވާއިރު، ގިނަ މެމްބަރުންނަކީ މިހާރު، ރައީސް ސޯލިހް ފެކްޝަންގެ ބޭފުޅުންނެވެ.

މިލިޔުމާއި ގުޅޭ:

ރައީސް ނަޝީދު އެކަހެރިކޮށްފިނަމަ، ދެން މަޖިލީހުގެ ރައީސްކަންކުރާނީ ކާކު؟

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.