އައިމަން އަލް ޒަވާހިރީ

ދުނިޔެ

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލައިފި

ޒައިން ޠާލިބް - އެމެރިކާ | 2 އޯގަސްޓު 2022 , އަންގާރަ 14:02   394

އެމެރިކާއިން އަފްޢާނިސްތާނަށް ދިން ޑްރޯން ހަމަލާއެއްގައި އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލިކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ކަށަވަރުކޮށްދެއްވައިފިއެވެ.

އޭނަ މާރާލައިފައި ވަނީ އެމއެރިކާގެ CIA އިން ކުރިއަށް ގެންދިޔަ ކަައުންޓަރ ޓެރަރިޒްމް ގެ އޮޕަރޭޝަން ގައި އާދީއްތަ ދުވަހުު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގަ އެވެ. ޖޯ ބައިޑަން ވިދާޅުވީ "މިހާރު އިންސާފު ލިބިއްޖެ ކަމަށާއި އެ ޓެރަރިސްޓް ލީޑަރު މިހާރު ނެތް" ކަމަށެވެ.

2011 ވަނަ އަހަރު އުސާމާ ބިން ލާދިން މަރާލުމުން ޒަވާހިރީ އަލްޤައިދާއާ ހަވާލުވެވަޑައިގެންނެވިއެވެ. އަދި އޭނާ އާއި ބިންލާދިން އެކުގައި 9/11 ގެ ހަމަލާތަކަށް ރޭވިއެވެ. އެހެންކަމުން އޭނާ އަކީ އެމެރިކާގެ "މޯސްޓް ވޮންޓެޑް ޓެރަރިސްޓު" ލިސްޓުގައި ހިމެނޭ ފަރާތެކެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި، އެވަގުތު ޒަވާހިރީ ހުރީ ސޭފް ހައުސްއެއްގެ ބެލްކޮނީއެއް ގައި ކަމަށާއި ޑްރޯން އިން އޭނާ އާއި ދިމާލަށް ދެ މިސައިލް ފޮނުވާލެވުނު ކަމަށެވެ. އަދި އެގޭގަައި އާއިލާގެ އެހެން މެންބަރުން ވެސް ހާޒިރުވެތިބިކަމަށާއި ނަމަވެސް އެއިންމީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމެވެ. އެހަމަލާގައި މަރުވެފައިވަނީ ހަމައެކަނި ޒަވާހިރީ ކަމަށް ވެސް އެމީހުން އިތުރަށް ބުނެފައިވެއެވެ.

މި ޑްރޯން ހަމަލާއަކީ، މިދިޔަ އޮގަސްޓް މަހު އަސްކަރިއްޔާއިން ވަކިވި ފަހުން އަފްގާނިސްތާނުގެ އެތެރެއަށް އެމެރިކާއިން ދިން ފުރަތަމަ ހަމަލާއެވެ.

ޓެގްސް: އަފްޢާނިސްތާނު އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.