ޗައިނާގެ ކޯވިޑް ޒީރޯ ލޫޕް

ހަބަރު

ޗައިނާގައި ކޮވިޑް-19: ހަތަރު ކޭސް ފެނުނު ފަހުން ވޫހާންގައި މިލިއަނެއްހާ މީހުން ލޮކްޑައުން އަށް

ޒަހީން ޠާލިބް - ދުނިޔެ | 2 އޯގަސްޓު 2022 , އަންގާރަ 12:24   300

ޗައިނާ އަކީ "ޒީރޯ ކޯވިޑް" ލަނޑުދަނޑިއަށް މަސައްކަތްކުރަމުންދާ ޤައުމެކެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު ޓެސްޓްކުރުމާއި، އައިސޮލޭޝަންގެ ހަރުކަށި އުސޫލުތަކާއި، ލޯކަލް ލޮކްޑައުންތައް ހިމެނެއެވެ.

އަލާމާތް ނުފެންނަ ހަތަރު ކޯވިޑް ކޭސް ފެނިފައިވުމުން ޖިއަންގްޝިއާ ޑިސްޓްރިކްޓްގެ ރައްޔިތުން ތިން ދުވަސް ވަންދެން ގެދޮރުތެރޭގައި މަޑުކުރަން އަންގައިފި އެވެ.

ޗައިނާއިން "ޒީރޯ ކޯވިޑް" ޕޮލިސީއަށް ޢަމަލުކުރަމުންދާއިރު، އޭގެ ސަބަބުން ގިނަ ލޮކްޑައުންތައް ކުރިމަތިވެ، އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ވައިރަސްއާ އެކު ޢާއްމު ދިރިއުޅުމަށް ބޮޑު އަސަރެއްކޮށްފައިވެއެވެ.ދަތުރުފަތުރުކުރުމާއި، ކުޅިވަރުގެ ކުޅުމާއި، ދުވަހުންދުވަހަށް ހިންގާ ހަރަކާތްތައް ހިންގާ ވަގުތާއި، ބައެއް ހާލަތްތަކުގައި މަސައްކަތްތަކައް ނުކުންނަން ޖެހޭ ޤާބިލުކަންވެސް ބަރޯސާވެފައިވަނީ ކޯވިޑްގެ މައްޗަށެވެ.

ބައެއް ތަންތަން ހުޅުވާފައި ބެހެއްޓުމަށްޓަކައި، މަސައްކަތާއި ގެއާ ދެމެދު ކޮންޓެކްޓު އެންމެ ކުޑަކުރުމަށްޓަކައި ޗައިނާގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި ވަގުތީ ގޮތުން އުޅުމަށް ވަނީ އަންގާފައެވެ.

ޖިލިން ސިޓީ، ޗަންގްޗުން، ޝިއާން އަދި ޝަންހާއީ ފަދަން ހިސާބުތަކުގައި ދިރިއުޅޭ ދިހަ މިލިއަނެއްހާ މީހުން ، އަނެއްކާވެސް ދެ ތިން މަސް ވަންދެން ގޭތިބުމުގެ ނިންމުމަކީ އުނދަނގޫ ނިންމުމެއްކަމަށް ޗައިނާއިން ބުނެއެވެ.

ޗައިނާގެ ޒީރޯ ކޯވިޑް ސިޔާސަތުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ކޯވިޑާ ގުޅިގެން ބަލިޖެހިފައިވާ މީހުންގެ އަދަދު ދަށްކުރެވި، ކޯވިޑާ ގުޅިގެން މަރުވާ މީހުންގެ އަދަދު ވެސް ދަށްކޮށްފައި ބެހެއްޓިކަމުގައިވިއަސް ، ކޮންމެވެސް ހިސާބަކުން ޗައިނާގައި ކޯވިޑްގެ ހާލަތާއިއެއްކޮށް ދިރިއުޅުމުގެކަންކަން ކުރިއަށް ދާނެ ގޮތެއް ހޯދަން ޖެހެއެވެ. ނުކުރެވިއްޖެނަމަ ޗައިނާގެ އިޤްތިޞާދު ވަރަށްބޮޑަށް އަޑިއަޅާނެކަމަށް އިގްތިޞާދީމާހިރުން ބުނެއެވެ.

ޗައިނާގައި 2019 ވަނަ އަހަރު ކޮވިޑް-19 ފެށުނު ފަހުން 2.2 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 14،720 މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ބުނެފައި ވެއެވެ.

ޓެގްސް: ޗައިނާ ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.