އަދައިގެ ފޯނެއް ނުވަތަ "ޑްމްބްފޯން"

ޓެކްނޯލޮޖީ

"ޑަމްބްފޯން" ނުވަތަ އާދައިގެ ފޯނަށް އޮންނަ ޑިމާންޑް އިތުރުވާން ފަށައިފި

ދާނިޝް - ދުނިޔެ | 3 އޯގަސްޓު 2022 , ބުދަ 11:20   360

މިހާރު ދިރިއުޅުމުގެ ހުރިހާ މަކެއް ހެން ބިރޯސާވެފައި ވަނީ އަތުގައި ގެންގުޅޭ ފޯމަށެވެ. ފޯނުގެ ބޭނުމާއި ބޭނުންތެރިކަން މިވަނީ ދުވަހަކުވެސް ނުވާވަރަށް އިތުރުވެފައެވެ. އަދި ދިރިއުޅުމޖގެ ހުރިހާ ކަމެއްވެސް މިހާރު ފެށި ނިމެނީ އެ ސްމާޓްފޯނުންނެވެ.

ޓެކްނޮލޮޖީއިން އަހަރެމެންގެ ދިރިއުޅުމަށް ފަސޭހަތަކެއް ގެނެސްދިނަސް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއްވެސް ކުރަމުން އަންނަކަމީ ފެންނަން އޮތް ހަގީގަތެކެވެ. ކަމާބެހޭ މާހިރުން މިކަމާއި މެދު ކަންބޮޑު ވެފައި ވަނިކޮށް ދުނިޔެއަށް ތައާރަފް ވެގެން އައީ "ޑަމްބް ފޯން" މޫވްމެންޓެވެ.

މިވަގުތު ސޯޝަލް މީޑިއާ ތަކުގައި ހަލުވި ދުވެއްޔެއްގައި އާންމުންގެ ސަމާލުކަން ހޯދަމުން އަންނަ މި ފޯނު ވަނީ ސްމާޓްފޯނުގެ ބަދަލުގައި މިފަދަ ފޯނުތައް ގަތުމަށް ބާރުއަޅައި މޫވްމެންޓެއް ފަށައިފައެވެ. ޑަމްބްފޯން އެންމެ ބޮޑަށް މަގުބޫލު ވެފައި ވަނީ ޒުވާނުންގެ މެދުގައި ކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުން އެކު ކަން ކަން ކުރުމަށް ތަފާތު އެތައް ޑިވައިސް ހުންނައިރު ފޯނުން ހުރިހާ ކަމެއް ކުރެވުން އެއީ އެހާ ބޭނުން ކަމެއް ނޫނެވެ. އަދި ފޯނުން މީހަކަށް ގުޅައިލައި ޓެކްސްޓް ކޮށްލެވުމުން ފޯނުގެ ބޭނުން ފުދުނީއެވެ.

2021 ވަނަ އަހަރުގެ މޯބައިލް ފޯނުގެ މާކެޓަށް ބަލައިލައި އިރު 2021 ވަނަ އަހަރު "ޑަމްބްފޯން" ވިކުނު އަދަދު ވަނީ 2020 ވަނަ އަހަރާއި ބަލައި އިރު 60% އިތުރުވެފައެވެ. ސްމާޓްފޯނަށް ބަލައި އިރު މި އަދަދަށް ވަނީ 15 އިންސައްތަ ދަށަށް ގޮސްފައެވެ.

ޓެގްސް: މޮބައިލް ފޯން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.