ޔޫކްރެއިންގެ ސިފައިން ހަނގުރާމާއިގެ މައިދާނުގައި ހަރަކާތްތެރި ވަނީ

ދުނިޔެ

ރަޝިއާގެ ތުހުމަތުތަކެއް އެމެރިކާއަށް އަމާޒުވެއްޖެ

ދާނިޝް - ޔޫރަޕް | 3 އޯގަސްޓު 2022 , ބުދަ 08:52   175

މިހާރު ރަޝިއާއާއި ޔޫކްރެއިނާއި ދެމެދު ފެށިފައިވާ ދާޙިލީ ހަނގުރާމައިގައި އެމެރިކާއިން އަމަލީ ގޮތުން ބައިވެރިވަމުން އަންނަ ކަމަށް ބުނެ ރަޝިއާގެ ތުހުމަތުތަކެއް އެމެރިކާއަށް އަމާޒުވެއްޖެއެވެ.

ރަޝިޔާގެ މި ތުހުމަތުތައް ފެށިގެން ދިޔައީ ޔޫކްރެއިނުގެ އަސްކަރިއްޔާގެ އިސްވެރިއެއް ކަމުގައިވާ ވަޑީމް ސްކިބިޓްސްކީ ދާދިފަހުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ ދާދި ފަހުން އެމެރިކާއިން ޔޫކްރެއިނުގެ އަސްކަރިއްޔާ އަށް ދެމުންދާ އެހީތެރިކަމާ ގުޅޭ މައުލޫމާތު ތަކެއް ދެއްވާފައެވެ. އެގޮތުން އޭނާ ވަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ ދުރުރާސްތާ "ހައިމާސް" ރޮކެޓް ސިސްޓަމްތަކާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އަދި އެ ރޮކެޓުތަކުގެ އެހީއާއި އެކު ރަޝިޔާގެ އަމާޒުތަކަށް ހަމަލާ ދިނުމުގައި އެމެރިކާގެ އެއްބާރުލުން ލިބެމުންދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އެމެރިކާގެ ޖާސޫސީ ސެޓެލައިޓް ތަކުގެ ބޭނުންވެސް ޔޫކްރެއިނުން ކުރަމުން އަންނަ ކަމަށްވެސް ސްކިބިޓްސްކީ ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން ރަޝިއާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވާހަކަތަކަކީ އެމެރިކާއިން ހަނގުރާމައިގައި އަމަކީ ގިތުން ބައިވެރިވަމުން އަންނަ ކަމުގެ ހެއްކެއް ކަމުގައެވެ. އަދި ހަނގުރާމައިގައި ޔޫކްރެއިނުގެ ސިފައިން ދެމުން އަންނަ މިސައިލް އަދި ރޮކެޓް ހަމަލާތަކާއި ގުޅިގެން މަރުވަމުންދާ މީހުންގެ މަރުގެ ޒިންމާ އާއި، އިމާރާތްތަކަށް ލިބެމުން އަންނަ އިޔާދަނުކުރެވޭ ގެއްލުމުގެ ޒިންމާ އެމެރިކާ އިން ނަގަން ޖެހޭ ކަމަށްވެސް ރަޝިއާ އިން ބުނެއެވެ.

ރަޝިއާގެ ވާހަކަތައް މިފަދައިން ހުރި އިތު އެމެރިކާއިން އަބަދުވެސް ބުނަމުން ދަނީ ޔޫކްރެއިނުގެ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދިނުން ފިޔަވައި އިތުރުއެއްވެސް ގޮތަކުން އެ ޤައުމުން ހަނގުރާމައިގައި ބައިވެރި ނުވާނެކަމުގައެވެ.

ޓެގްސް: ރަޝިއާ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.