އަބްދުއްﷲ ޢަބްދުއް ރަޙީމް

ހަބަރު

ކުރީގެ މެމްބަރު، އަބްދުއްﷲ އަބްދުއްރަޙީމް ދިރާގު ބޯޑަށް އައްޔަންކުރައްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 3 އޯގަސްޓު 2022 , ބުދަ 14:10   197

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްﷲ ޢަބްދުއް ރަޙީމް، ދިވެހިރާއްޖޭގެ މުވާޞަލާތީ ކުންފުނި، ދިރާގުގެ ބޯޑަށް އައްޔަން ކުރައްވައިފިއެވެ.

އަބްދުއްރަޙީމް މަޖިލީހުގައި ތަމްސީލްކުރެއްވީ މާފަންނު ހުޅަނގުދާއިރާއެވެ. އެއީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށެވެ.

އޭނާއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ މިޑްލްސެކްސް ލަންޑަން ޔުނިވާސިޓީއިން ފަސްޓްކްލާސް ބީއޭ (އޯނާރސް) އެކައުންޓިން ވިތް ބިޒްނެސް ޙާޞިލްކުރައްވާފައެވެ. މީގޭ އިތުރުން ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ، ފައިނޭސް އަދި އެކައުންޓިންގެ ދާއިރާއިން ހޯއްދަވާފައެވެ.

ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިގެންނެވި ބަދަލާއިއެކު ދިރާގުގެ ބޯޑުގައި މިހާރު ޖުމްލަ އަށް ބޭފުޅަކު ތިއްބަވާނެއެވެ. އޭގެ ތެރޭގައި ބަޓެލްކޯ ކުންފުނީ ހަތަރު ބޭފުޅަކު ވެސް ހިމެނެއެވެ. ދިރާގުގެ ބޯޑު ޗެއަރމަން އަކީ އިސްމާއިލް ވަޙީދެވެ.

ކުރީގެ މަޖްލިސް މެމްބަރު، އަބްދުއްﷲ އަބްދުއްރަހީމް މަޖިލީހުގެ ޖަލްސާއެއްގައި
ޓެގްސް: ދިރާގު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.