ރައީސް ނަޝީދު

ހަބަރު

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް، ރައީސް ނަޝީދުގެ ފޯނު ފޭރިގެންފިކަމަށް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 އޯގަސްޓު 2022 , ބުރާސްފަތި 10:34   465

އިނގިރޭސިވިލާތުގެ ރެސްޓޯރެއްގައި ފަރީކުޅުއްވަން އިންވަނިކޮށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފޯނު ފޭރިގަނެ، ޖަހައިގަނެގެން ގޮސްފައިވާކަމަށް އެމަނިކުފާނުގެ ޢާއިލާއިން ބުނެފިއެވެ.

މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުއްﷲ ވަޓްސްއެޕް ގްރޫޕެއްގައި ވިދާޅުވެފައިވަނީ އެމެސެޖް އެކަމަނާއަށް ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ޢަލީ މެސެޖެއް ކުރައްވާފައިވާކަމަށާއި، އެމެސެޖްގައިވާގޮތުން ފޯނު ޖައިގަތްއިރު ރައީސް ނަޝީދު އިންނެވީ މެންދުރު ކޭން ބެއްލެވުމަށްކަމަށެވެ. އަދި އެމަނިކުފާނުގެ ނަމްބަރު ބްލޮކްކޮށްދެއްވުމަށް އެދިވަޑައިގެންފައިވާކަމަށެވެ.

ނަމަވެސް، މިހާދިޠާގައި ފޯނު ޖަހަގަތްމީހާގެ ތަފްޞީލް މިހާތަނަށް ޢާއްމުކުރައްވާފައި ނުވެއެވެ. އަދި ޖަހައިގަތީ ދިވެއްސެއް ކަމެއް ނުވަތަ ބޭރު މީހެއްކަން ވެސް ސާފު ނުވެއެވެ.

ސޯޝަލް މީޑިއާގައި ހުރި ބައެއް ޕޯސްޓްތަކަށް ބަލާއިރު ތުހުމަތު ކުރެވެނީ މިއީ ރައީސް އިބޫ ސޯލިހް ހިލޭ އަންހެނަކާއި އެކު ޖިންސީ ގުޅުން ހިންގަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ވިދިގެން ހިނގާފައިވާ ޙާދިޠާއެއް ކަމަށެވެ.

މިކަމާއި ގުޅިގެން މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފޯނު ފޭރިގަތުމުގެ ވާހަކަ އަކީ ބޮޑު ޖޯކެއް" ކަމަށެވެ. ރޮޒެއިނާ ތުހުމަތު ކުރައްވަނީ ރައީސް ނަޝީދު ފޮޓޯތަކެއް ހުރި ވާހަކަ ދައްކަވާފައި އެކަމުން ބަރީޢަވާން ކުރިކަމެއްކަމަށެވެ. އަދި އޭރު ރައީސް ނަޝީދުގެ ސިކިއުރިޓީން ތިއްބެއްވީ ކޮންތާކުތޯ އާއި، އިންނެވީ ކަޑައެއްގައިތޯ ވެސް ސުވާލު އުފައްދަވާފައެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.