ބަންޑުން ޖަހާލި ކުޑަ ޑިނގީ

ދުނިޔެ

އެޓްލާންޓިކް ކަނޑުގައި ބަނޑުން ޖަހާލި ޑިނގީގައިހުރި ފްރާންސްގެ ސެއިލަރެއް 16 ގަޑިއިރު ވަންދެން ކަނޑުގައި

ޒައިން ޠާލިބް - ދުނިޔެ | 4 އޯގަސްޓު 2022 , ބުރާސްފަތި 11:21   440

އުމުރުން 62 އަހަރުގެ ފްރާންސްގެ ފިރިހެނަކު ޑިނގީ ބަންޑުންޖަހާލުމުން، އޭނާގެ ދޯނި އެތެރޭގައި ހުރި ވައި ބުބުޅިއެއް ބޭނުންކޮށްގެން 16 ގަޑިއިރު ވަންދެން ސަލާމަތުން ދިރިހުރެއްޖެއެވެ.

ޕޯޗުގަލްގެ ވެރިރަށް ލިސްބަން އިން ފުރައިގެން ދިޔަ 12 މީޓަރުގެ މިޑިނގީ، އެޓްލާންޓިކް ކަނޑުން ހޯމަ ދުވަހުގެ ހަވީރު ޑިސްޓްރެސް ސިގްނަލް ވަނީ ފޮނުވާފައިއެވެ.

ހޯމަ ދުވަހުގެ ގަޑިން 20:23 އެހާއިރު ޑިސްޓްރެސް ސިގްނަލެއް އޭނާގެ ދޯނިން ވަނީ ސްޕެއިންގެ ހުޅަނގު އުތުރު ގަލިޝިއާ ސަރަހައްދު ކައިރީގައި އޮންނަ ސިސާގަސް އައިލެންޑްސް އަށް ފޮނުވާފައެވެ. އެގޮތުން އެމީހާ ހޯދައި ސަލާމަތް ކުރުމަށް ފަސް ޑައިވަރުންގެ އިތުރުން ތިން ހެލިކޮޕްޓަރުއާއި ރެސްކިއު ބޯޓެއް ބޭނުންކޮށްފައިވެއެވެ.

ސްޕެއިންގެ ކޯސްޓްގާޑުންނަށް އުފުލިފައިވާ ދޯނި ފެނުނު ނަމަވެސް އޭނަ ސަލާމަތް ކުރެވޭނެ ވަރަށް ވުރެ ކަނޑުގަދަވިއެވެ. އެހެން ކަމުން އެމީހުން ޖެހުނީ އަނެއް ދުވަހުގެ ހެދުނަށް މަޑުކުރަންށެވެ.

މީހަކު އޮތްތޯ ހޯދުމަށް ޑައިވަރަކު ދޯނި މައްޗަށް އެރުމުން އެމީހާ ރައްދު ދިނީ އެތެރެއިން ތަޅައިގެންނެވެ. ނަމަވެސް ކަނޑު ގަދަވެފައި އޮތްވަރުން، އަދި އިރު އޮއްސިފައި އޮތުމުން ރެސްކިއު ޓީމުން ވަނީ ދޯނި އަޑިއަށް ދިއުން ހުއްޓުވުމަށް އުފުލި ޒާތުގެ ފުއްޕާހަން ޑިނގީގައި ހަރުކޮށް ހެނދުނާ ހަމައަށް މަޑުކުރިއެވެ.

ޖެހިގެން އައި ދުވަހު ދެ ޑައިވަރުން ދޯނީގެ ދަށުން ފަތާފައި އެމީހާ ބޭރު ކުރިއެވެ. އެމީހާ ހުރީ ނިއޯޕްރީންގެ ސަރވައިވް ސޫޓެއް ލައިގެންކަމަށާއި އަދި ހުރީ ކަކުލާ ހަމައަށް ފެންއަރާފައިވާ ކަމަށް ސްޕެއިންގެ މެރިޓައިމް ސޭފްޓީ އެންޑް ރެސްކިއު ސޮސައިޓީ ބުނިއެވެ.

އޭނަ ވަނީ ރެސްކިއު ޓީމުން ވައިގެ މަގުން ހޮސްޕިޓަލަށް ގެންގޮސްފަ ކަން ވެސް ސްޕެއިންގެ މެރިޓައިމް ސޭފްޓީ އެންޑް ރެސްކިއު ސޮސައިޓީ އިތުރަ ބުނެފައިވެއެވެ.

ޓެގްސް: ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.