ސްޓްރޭންޖަރ ތިންގްސް ގެ ކާސްޓް

މުނިފޫހިފިލުވުން

ސްޓްރޭންޖަރ ތިންގްސް ނިމުމަކަށް އަންނަނީ

ދާނިޝް - އެމެރިކާ | 4 އޯގަސްޓު 2022 , ބުރާސްފަތި 10:48   355

ނެޓްފިލްކްސްގެ މަޝްހޫރު ސީރީޒް ސްޓްރޭންޖާ ތިންގްސް ފައިނަލް ސީޒަނުގެ މަސައްކަތް ފެށިއްޖެ ކަމަށް މި ސީރީހުގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފިއެވެ.

ސީޒަން 4 އަކަށް ފަހު ގިނަ ފޭނުން އަންނަނީ މިހާރުވެސް ފައިނަލް ސީޒަނުގައި ވާނެ ގޮތަކާމެދު އެކި ގޮތްގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ފައިނަލް ސީޒަނުގެ މަސައްކަތް ފެށިފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފައިވާ މިކަން ސީރީހުގެ ލިޔުންތެރިންގެ ޓީމުން ކުރި ޕޯސްޓަކުން ވަނީ ކަށަވަރު ވެފައެވެ.ބޮޑު މަޤޫބޫލުކަމެއް ހޯދާފައިވާ މިސީރީހުގެ ލީޑް ކާސްޓުންގެ ތެރެއިން މިލީ ބޮބީ ބްރައުން، ފިން ވޯލްފްހާޑް،ގޭޓެން މަޓަރާޒޯ އަދި ކެލެބް މެކްލަފްލިން ހިމެނެއެވެ. އަދި މި ސީރީހުގެ ފައިނަލް ސީސަން 2024 ވަނަ އަހަރު ނެޓްފިލްކްސް އަށް އަންނާނެ ކަމަށް ބެލެވެއެވެ.

"ސްޓްރޭންޖާ ތިންގްސް 4" ވަނީ ގިނަ ބަޔަކު ބަލައި، އެ ސީޒަން ސްޓްރީމް ކުރިވަގުތު އެއް ބިލިއަން ގަޑިއިރަށް އަރާފައެވެ. މިއީ ނެޓްފްލިކްސްގެތާރީޚުގައި މިހާތަނަށް ސީރީޒެއްގެ ސީޒަނަކަށް އެއް ބިލިއަންގެ ސްޓްރީމިންލިބުނު ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.