ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ހަބަރު

ސަރުކާރުން ތެލަށް ދޭ ސަބްސިޑީތަކަށް ބަދަލު ގެންނަނީ

ދާނިޝް - ދިވެހި ރާއްޖެ | 4 އޯގަސްޓު 2022 , ބުރާސްފަތި 13:54   450

ސަރުކާރުން ދެމުން އަންނަ ތެލުގެ ސަބްސިޑީއަށް ގެންނަ ބަދަލުތައް އަންނަ ސެޕްޓެމްބަރު މަހު އިއުލާނު ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ތެލުގެ ސަބުސިޑީއަށް ގެންނަ ބަދަލާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ،ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލިގެންދާއިރުވެސް ރާއްޖޭގައި ތެލުން ޑިސްކައުންޓް އެންމެނަށްވެސް އެއް ހަމައެއްގައި ދެވެމުން އެބަދާކަމަށެވެ. އަދި ކަން މިހެން ހުރުމާއި އެކު މިވަގުތު ތެލުގެ ސަބްސިޑީ ދެވެމުން އަންނަނީ އެންމެ އިސްސާފުވެރިކޮށް ނޫންކަމަށެވެ.

އެއާއި އެކު މި ސިޔާސަތަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި އަދި ސަރުކާރުން އެ ސިޔާސަތަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް މިއަންނަ ސެޕްޓެމްބަރާ ހަމައަށްދާއިރު ރައްޔިތުންނަށް ވަރަށް ތަފްސީލްކޮށް ހާމަކުރައްވާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ، އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަން ދުވަހު ޤައުމާއި މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ހާމަކޮށްފައެވެ.

މިކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިފައިވި ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމެވެ. އަދި އެއީ އެކަމުގެ ހާޤީގީ ބުރަ ސަރުކާރުން އުފުލަމުން ދާތީ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލަށްދޭ ސަބްސިޑީތަކުގެ ތެރޭގައި މަސްވެރިންނަށްދޭ ތެލުގެ ސަބްސިޑީއަކީ ނިސްބަތުން ބޮޑު ޢަދަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ މިނިވަންދުވަހުގެ ޚިތޯބުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ، ސަބްސިޓީއަށް ބަޖެޓްގައި އަންދާޒާކުރި އަދަދުއެތައް ގުނައަކުން މަތިވެފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން ތެލުގެ ސަބްސިޑީގެގޮތުގައި 341 މިލިއަން ބަޖެޓްކޮށްފައިވާއިރު، މިހާރު އެ އަދަދު 900 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެފައިވާކަން ރައީސް ވިދާޅުވިއެވެ. އަދިމި އަހަރުގެ ނިޔަލަށް އަންދާޒާކޮށް ޖުމްލަ 1.95 ބިލިއަން ރުފިޔާ،ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޓެގްސް: އިގްތިޞޯދު މަސްވެރިކަމުގެ ސިނާޢަތް ސަރުކާރުންދޭ ސަބްސިޑީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.