ކޮމަންވެލްތް ގޭމްސްގެ ތެރެެއިން ރާއްޖޭގެ ފެތުންތެރިއެއް

ކުޅިވަރު

ރާއްޖޭގެ ފެތުންތެރިން ގައުމީ 8 ރިކޯޑެއް މުގުރައިލައިފި

ދާނިޝް - ދިވެހި ރާއްޖެ | 4 އޯގަސްޓު 2022 , ބުރާސްފަތި 12:03   444

އިނގިރޭސިވިލާތުގެ ބާމިންހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ފެތުންތެރިން ގައުމީ ގިނަ ރިކޯޑުތަކެއް މުގުރާލައިފިއެވެ.

މި ފަހަރުގެ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނެނީ ހަމްނާ އަޙްމަދާއި، އައިޝަތު ސައުސަން އާއި، މުބާލް އައްޒާމް އިބްރާހީމާއި، މުޙައްމަދު އާން ހުސެއިން އަދި މުޙައްމަދު ރިހާން ޝިހާމެވެ. މި ގޭމްސްގައި ދިވެހި އެތުލީޓުން ވަނީ ފެތުމުގެ އަށް ރިކޯޑެއް އާކޮށްފައެވެ. އޭގެ ތެރެއިން ތިން ރިކޯޑެއް ރާއްޖޭގެ އައު ކޮށްފައިވަނީ ފިރިހެން ފެތުންތެރިޔާ އާން ހުސެއިންނެވެ.

އާން މުގުރާލި ރިކޯޑްތަކަކީ ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓާއި، 100 މީޓަރު ފްރީސްޓައިލް އަދި 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑުތައް ފެތުންތެރިޔާ މުގުރާލައިފާ ވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓް 24.82 ސިކުންތުންނާއި، 100 މީޓަރު ފްރީސްޓައިލް އިވެންޓް 55.59 ސިކުންތުން އަދި 100 މީޓަރު ބަޓަފްލައި އިވެންޓް 1 މިނިޓު 03.35 ސިކުންތުން ނިންމައިގެންނެވެ.

މީގެ އިތުރުން 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓްގައި ދިވެހި ޓީމުން ވަނީ 4 މިނެޓު 14.91 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެން އެ ރިލޭގެ ގައުމީ ރިކޯޑް އައު ކޮށްފައެވެ. އެ ޓީމުގައި ހިމެނުނީ އާންގެ އިތުރުން ސައުސަން އާއި، ހަމްނާ އަދި މުބާލެވެ.

އެއާއި އެކު މި ފަހަރުގެ މުބާރާތުގައި ފިރިހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މުބާލް އައު ކުރި އިރު ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރިހާން ވަނީ އައު ކޮށްފައެވެ. އަދި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރިކޯޑު ހަމްނާ ވަނީ އައު ކޮށްފައެވެ.

ޓެގްސް: ކޮމަންވެލްތް ގޭމްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.