ކްރިސްޓިއާނޯ ރޮނާލްޑޯ ހިތްހަމަނުޖެހިގެން ދަނޑުން ފާބަމުންދައި މަންޒަރު

ކުޅިވަރު

ކޯޗް އެރިކް ޓެން ހަގް ރޮނާލްޑޯ އާއި މެދު ހިތްހަމަނުޖެހިފައި

ދާނިޝް - ޔޫރަޕް | 6 އޯގަސްޓު 2022 , ހޮނިހިރު 09:11   301

މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު މަންޒަރު އެއްވެސް ގޮތަކަށް ބަލއި ނުގަވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑް ގެ ކޯޗް އެރިކް ޓެން ހަގް ބުނެފިއެވެ.

1-1 އިން އެއްވަރުވެގެން ނިމުނު މި އެކުވެރިކަމުގެ މެޗު ނިމުމުގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗު ނިމުމުގެ ކުރިން ދަނޑުން ފާބާގެން ގޮސްފައެވެ. މި މެޗަކީ މފަހަރުގެ ޕްރީސީޒަނުގައި ރޮނާލްޑޯ ޓީމަށް ކުޅެދިން ފުރަތަމަ މެޗްކަންވެސް ފާހަގަކޮށްލެވެއެވެ. އޭނާ ދަނޑުން ފައިބައިގެން ދިޔައީ ފުރަތަމަ ހާފަށް ފަހު އޭނާ ބަދަލު ކުރުމާއި އެކުއެވެ.

"އަހަރެންނަށް އެކަން ބަލައެއް ނުގަނެވޭނެ. އެކަން އެއްވެސް މީހަކަށް ބަލައެއް ނުގަނެވޭ. އަހަރެމެންނަކީ ޓީމެއް. ސްކޮޑެއް. މެޗު ނިމެންދެން އަހަރެމެން ތިބެންވާނީ އެކުގައި،" ޓެން ހަގް ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓެން ހަގް ވަނީ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން، އެ ރޭގެ މެޗަށް ނެގި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިން ވެސް އޯލްޑް ޓްރެފޯޑުގައި މެޗު ބަލަން ތިބެން އަންގާފައެވެ.

ޔުނައިޓެޑް ގެ ކޯޗު މިހެން ބުނެފައިވާ އިރު ރޮނާލްޑޮ ވަނި އޭނާ ކްލަބް ބަދަލު ކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި މިއާއި އެކު ޓީމުގެ ގިނަ ފަރިތަކުރުން ތަކުގައިވެސް މިހާރު އޭނާ ބައިވެރި ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ޓެން ހަގް ބުނެފައިވަނީ ރޮނާލްޑީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.