ހުކުރު ދުވަހު އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ފަޔާ ފައިޓަރުން އަލިފާން ނިއްވަން މަސަކަތް ކުރަނީ

ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ރޮކެޓް ހަމަލާގައި ފަލަސްޠީނަ ގިނަގުނަ ގެއްލުންތަކެއް ލިބިއްޖެ

ޒައިން ޠާލިބް - މެދުއިރުމަތި | 7 އޯގަސްޓު 2022 , އާދީއްތަ 13:46   205

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 10 މީހަކު މަރުވެ ފަލަސްޠީނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އިސްރާއީލުން ދީފައިވާ އަނިޔާވެރި މިޙަމަލާގައި، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ އެންމެ އިސް ކޮމާންޑަރެއް ވެސް ހިމެނެއެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ބުނަނީ، މަރުވި މީހުންގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކުވެސް ހިމެނޭ ކަމަށާއި އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވާގޮތުގައި މި ހަމަލާ ދޭން ޖެހުނު މައިގަނޑު ސަބަބަކީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު (PIJ) އިން މިހަފްތާގެ ކުރީކޮޅުގައި އެގައުމުގެ އެއް މެމްބަރަކު ހައްޔަރުކުރުމަށް ފަހު އިންޒާރެއް ދިނުމުންނެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދު އިން އިސްރާއީލަށް 100 އަށް ވުރެ ގިނަ ރޮކެޓް ފޮނުވިކަމަށްވެސް އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސަސް (IOF) އިން ބުނީ އެއަށްފަހު ހުކުރު ދުވަހުގެ ރޭ ދަންވަރު ހަމަލާތައް އަލުން ދޭން ފެށުނު ކަމަށާއި އަދި އެޙަމަލާތައް ހަނގުރާމަވެރިންނަށް އަމާޒުކޮށްފައިވާކަމަށެވެ.

ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދޭން ފެށުމުން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ބިރުބޮޑުވެ، ހަނގުރާމަވެރިންނާއި އާއި އަލިފާން ނިއްވުމުގައި ޙަރަކާތްތެއިވާ މީހުން ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

އިސްރާއީލުން ޣައްޒާއަށް އެންމެ ފަހުން ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ 2019 ވަނަ އަހަރުއެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.