ރާއްޖޭގެ ސްކޫލެއްގެ ދަރިވަރަކު ސްކޫލްގައި ނާސްތާ ނަގަނީ

ހަބަރު

"ސްކޫލްތައް ފެށޭއިރު ނާސްތާ ޕްރޮގްރާމެއް ނޯންނާނެ" - އެޑިއުކޭޝަން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 އޯގަސްޓު 2022 , ހޮނިހިރު 11:19 1   365

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވަޢުދުގެތެރެއިން، ސަރުކާރުގެ ހަރަދުގައި ސްކޫލުތަކުގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށީ 2019 ގަ އެވެ. އެކަމަށްޓަކައި 2019 ވަނަ އަހަރު، ދައުލަތުގެ ބަޖެޓުގައި 123 މިލިއަން ރުފިޔާ ޖައްސަވާފައިއޮތެވެ.

މިޕްރޮގްރާމްގެ ދަށުން، ކޮންމެ ދުވަހަކު ކިރާއި މޭވާ ކޮންމެ ކުއްޖަކަށް ވެސް ލިބެމުން ގޮސްފައިވެއެވެ. މީގެތެރޭގައި، މަސްހުންޏާއި ރޮއްޓާއި ޕާން ފަދަ ތަކެތި ވެސް ހިމެނެ އެވެ. އަދި އެތަކެތި ފޯރުކޮށްދޭއިރު އެ އެއްޗެހި ހުންނަނީ ރަނގަޅު ފެންވަރުގައިތޯ ވެސް ގެންދެވީ ޔަގީންކުރަމުންނެވެ. ކެއުން އޮތީ އެ ކުއްޖަކު ކިޔަވާ ކްލާހެއްގަ އެވެ. އޭރު ސަރުކާރުން ވިދާޅުވީ ޕްރޮގްރާމް ކާމިޔާބުކަމަށާއި، ދަރިވަރުން ކުރިއަށްވުރެ ޙަރަކާތްތެރި ވެފައިވާކަމަށެވެ.

އެކަމަކު ރާއްޖޭގައި ކޮވިޑު ފެތުރެން ފެށުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2020 އަހަރުގެ ޖޫން މަހުގެ ތެރޭގައި ނާސްތާ ޕްރޮގްރާމް މެދުކަނޑާލައިފަ އެވެ. އޭރު މިނިސްޓްރީން ބެލެނިވެރިންނަށް ބާރު އަޅުއްވަމުންގެންދެވީ، ދަރިވަރުންނަށް ގޭގައި ރަނގަޅަށް ނާސްތާ ދިނުމަށް ފަހު ސްކޫލަށް ފޮނުވުމަށާއި، ބޯނެ ފެން ވެސް ގެއިން ހިފައިގެން ދިއުމަށެވެ.

އަދި އޭރު މީޑިއާ ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ, ކޮވިޑުގެ ހާލަތުން ސަލާމަތް ވެވުމުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލުން ނާސްތާ ދޭން ފަށާނެކަމަށް. "މި ދުވަސްވަރު ނާސްތާ މެދުކަނޑާލީ ވެސް ސްކޫލުން ބޭރުގައި ތައްޔާރުކުރާ ކާ އެއްޗެހި ދަރިވަރުންނަށް ދިނުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުވާތީ" އޭރު މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ނަމަވެސް މިހާތަނަށް އައިއަރު ސަރުކާރުން އިޢްލާންކުރައްވާފައިވާ "ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް" އަލުން ފަށާފައިނުވެއެވެ.

މިކަމާއި ގުޅިގެން އެކްސްޕްރެސް ނޫހުން މިނިސްޓްރީއަށް ގުޅުމުން ވިދާޅުވީ، އަންނަ ދިރާސީ އާއަހަރުގެ ކިޔެވުމާއިއެކު ނާސްތާ ޕްރޮގްރާމް ފެށިގެން ނުދާނެކަމަށެވެ. އަދި އެޕްރޮގްރާމް އަލުން ފެށޭނީ ކޮންއިރަކުތޯ ސުވާލުކުރުމުން ވިދާޅުވީ، އަދި ފަށާނެއިރެއް އެނގިވަޑައިނުގަންނަވާކަމަށާއި، އަވަސް މުސްތަޤްބަލެއްގައި ފެށިގެން ނުގޮސްފާނެކަމަށެވެ.

އަދި ހަމަ މިއާއި ގުޅިގެން ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ވާހަކަދައްކާލުމުން ވިދާޅުވެފައިވަނީ، އެ ޕްރޮގްރާމާއި ގުޅޭ އެއްވެސް މަޢްލޫމާތެއް މިނިސްޓްރީއިން ޙިއްސާކުރައްވާފައި ނުވާކަމަށެވެ.

މީގެ ކުރިން ވެއްޖިއްޔާމު މިނިސްޓްރީން އަންގަވާނެ ތައްޔާރުމުވަށް. އަދި އެޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ޢިއްލާންކޮށް ބަޔަކުވެސް ހޯދާނެ. އަދި ނެތް އެކަހަލަކަމެއް. މިހާރު ހަމަ ސްކޫލްގެ ކަންކަން މިހިރީ ވަރަށް ދަތިކޮށް. ވަޒީފާ ދޫކުރި މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނެގޭކަށް ނެތް. ދަރިވަނުންނަށް އިތުރަށް ބޭނުންވާ ގޮނޑި މޭޒު ފަދަ ތަކެތި ވެސް ފޯރުކޮށް ނުދެއްވާ މިފަހަރު މިނިސްޓްރީން.

~ ސަރުކާރު ސްކޫލެއްގެ ޕްރިންސިޕަލަކު

ސަރުކާރުން ވަނީ ދައުލަތުގެ މާލީޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅުއްވައި ސަރުކާރުގެ ހުރިހާ އިދާރާއަކަށް ވެސް ކޮންމެހެންކުރަންޖެހޭ ޚަރަދެއް މެނުވީ ނުކުރުމަށް އަންގައި ސާކިއުލާރ ފޮނުއްވާފައެވެ.

ޓެގްސް: ތަޢްލީމް ސިއްޙަތު ސްކޫލްތަކުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.