އެތައްހާސް ބަޔަކު އަފްއާނިސްތާނުގެ މަގުތަކައް ނިކުމެ މުޒާހިރާކުރަނީ

ދުނިޔެ

އައިމަން އަލްޒަވާހިރީގެ މަރާއި ގުޅިގެން، އަފްޣާނިސްތާނުގައި ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި

ދާނިޝް - މެދުއިރުމަތި | 6 އޯގަސްޓު 2022 , ހޮނިހިރު 12:27   256

އެމެރިކާއިން ދިން މިސައިލް ހަމަލާއަކުން މަރައިލި އަލް-ޤައިދާގެ އިސް ލީޑަރު އައިމަން އަލްޒަވާހިރީގެ މަރާއި ގުޅިގެން އެމެރިކާއާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާތަކެއް އަފްޢާނިސްތާނުގެ ރައްޔިތުން ފަށައިފިއެވެ.

ޒަވާހިރީ މަރައިލާފައި ވަނީ އަފްޢާނިސްތާނުގެ ވެރިރަށް ކާބުލްގެ ރަށްބޭރުގައިވާ ޝޭރްޕޫރުގެ ގެއެއްގައި އޭނާ ހުއްޓައެވެ. މިހަމަލާ ދީފައިވަނީ އަސްކަރީ ޑްރޯނެއްގެ އެހީގައެވެ. އެމެރިކާއިން މި ހަމަލާ ސިފަކުރަމުން ދަނީ، މިއީ އަލް ޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން މަރިލިފަހުން އެ ޖަމާޢަތަށް ލިބުނު އެންމެ ބޮޑު ގެއްލުމުގެ ގޮތުގައެވެ.

ބެލެވޭ ގޮތުގައި އެމެރިކާއިން ޒަވާހަރީއަށް އަމާޒުކޮށް މިހަމަލައި ދީފައި މިވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މަތިންތާބޯޓުތަކެއް ހައިޖެކްކޮށްގެން އެމެރިކާގެ ނިއުޔޯކުގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަސިސްޓް ހަމަލައިގެ ފަހަތުގައި އެންމެ އިސް ލީޑަރެއްގެ ގޮތުގައި ޒަވާހިރީ ހަރަކާތްތެރިވެފައި ވާތީއެވެ.

މިލިޔުމާއި ގުޅޭ:

ޒަވާހިރީ މަރާލުމުން އެމެރިކާގެ ކިބައިން ބަދަލު ހިފާފާނެތީ، އެކަމުގެ އިންޒާރު އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ނެރެފި

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަލްޤައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލައިފި

ޓެގްސް: އެމެރިކާ އަފްޢާނިސްތާނު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.