ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް މާޗް މަހާއި އަޅައިބަލާއިރު މިދިޔަ ޖުލައި މަހު ދަށް

ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު މަޑުމަޑުން ދަށްވާން ފަށައިފި - އ.ދ

ދާނިޝް - ދުނިޔެ | 7 އޯގަސްޓު 2022 , އާދީއްތަ 07:14   277

ކާބޯތަކެތީގެ އަގުތައް މިދިޔަ ޖުލައި މަހު، މާޗް މަހާއި އަޅައި ބަލައި އިރު ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށް އ.ދގެ ކާބޯތަކެއްޗާއިބެހޭ އިދާރާއިން ބުނެފިއެވެ.

މިގޮތުން ކާބޯތަކެތީގެ އަގުތަކުގެ ތަފާސް ހިސާބަށް ބަލައި އިރު ހަނޑުލުގެ އަގު 14.5 އިންސައްތަ އަށް ވަނީ ދަށްވެފައެވެ. ހަމައެއާއި އެކު ތަރުކާރީ، ތެލާއި ހަކުރު، މަހާއި ކިރު އަދި ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގުތައްވެސް ވަނީ ޖުލައި މަހު ދަށަށް ގޮސްފައެވެ. ޒުވާރީގެ އަގު 10.7 އިންސައްތަ އަށް ވެއްޓިފައި ވާއިރު ބެލެވޭ ގޮތުގައި މިއީ ޒުވާރި އުފައްދާ މައިގަނޑު ގައުމުތަކުން ޖުލައި މަހުގައި ޒުވާރި އުފައްދާ މިންވަރު އިތުރު ވުމާއި ގުޅިގެން އައި ބަދަލެކެވެ.

ދުނިޔޭގެ ފެންވަރުގައި އެންމެ ގިނައިން ވިޔަފާރިކުރާ ކާބޯތަކެތީގެ މުދާ ޓްރެކްކުރާ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ)ގެ ކާބޯތަކެތީގެ އަގު އިންޑެކްސްއަށް މިދިޔަ މަހު ވަނީ އެވްރެޖް 140.9 ޕޮއިންޓް ލިބިފައިވެއެވެ. މި އަދަދު ޖޫން މަހު ހުރީ 154.3 ޕޮއިންޓް ގައެވެ. ނަމަވެސް ޖުލައި މަހުގެ އިންޑެކްސް މީގެ އެއް އަހަރު ކުރިއާއި އަޅާބަލާއިރު އަދިވެސް އޮތީ 13.1 އިންސައްތަ މަތީގައެވެ.

ކާބޯތަކެތީގެ އަގުތައް ދަށްވުމަށް މި ދިމާވި ސަބަބަކީ ކަޅު ކަނޑު ހުރަސްކޮށް ގޮވާމުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ރަޝިއާ، ޔުކްރެއިން، ތުރުކީވިލާތް އަދި އެމެރިކާއިން އެއްބަސްވުމާއި ގުޅިގެން ކަމަށް އ.ދ އިން ބުނެއެވެ. އަދި އަގުތައް ދަށްވުމަކީ ދުނިޔެ މި އޮތް ހާލަތައް ބަލައި އިރު ރަނގަޅު ކަމަކަށް ވީނަމަވެސް މި އަގުތައް މިހާރު ހުރި ހިސާބުގައި ހިފެހެއްޓޭނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް އެފްއޭގެ ޗީފް އިކޮނޮމިސްޓް މެކްސިމޯ ޓޮރޭރޯ ވިދާޅުވެއެވެ.

ހަމައެހެންމެ މިއަދު ދުނިޔޭގެ އިގްތިސާދު ހީނަރުވުމާއި ފައިސާގެ އަގު އުފުލުމަކީ ކުރިއަށް އޮތްތަނުގައި ކާބޯތަކެތި އުފެއްދުމަށާއި ދަނޑުވެރިންގެ ދިރިއުޅުމަށް އަސަރު ފޯރާނެ ކަންކަން ކަމާއި، މިކަމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް އުފުލުމަކީ ދުރުގައިވައި ކަމެއް ނޫން ކަންވެސް އޭނާ ފާހަގަކުރައްވައެވެ.

ޓެގްސް: އ.ދ. ކާބޯތަކެތީގެ ޔަޤީންކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.