އެކްޓަރ ސަލްމާން ޙާން

މުނިފޫހިފިލުވުން

ސަލްމާން ޚާންއަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަދީފި

ދާނިޝް - އިންޑިއާ | 6 އޯގަސްޓު 2022 , ހޮނިހިރު 18:15   393

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޙާންއަށް އޭނާގެ ހަށިރައްކަލަށާއި އާއިލާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަތިޔާރު ގެންގުޅުމުގެ ހުއްދަ މުންބާއީގެ ފުލުހުން ދީފިކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފިއެވެ.

ސަލްމާން މިދިޔަ މަހުގެ ފަހުކޮޅު މި ހުއްދައަށް އެދިފައިވަނީ އޭނާއަށް ސިލްސިލާކޮށް ލިބެންފެށި މަރުގެ އިންޒާރުތަކަކާއި ގުޅިގެންނެވެ. އޭނާ އަކީ ފެށުނީއްސުރެވެސް ބޮޑު ސެކުއިރިޓީ ޓީމެއް ގެންގުޅޭ އެކްޓަރަކަށް ވާއިރު މިފަހުން އޭނާ ވަނީ ސެކުއިރިޓީ ޓީމް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މިހާރު އޭނާ ވަނީ 1.50 ކްރޯޑް ރުޕީސްގެ ބުލެޓް ޕްރޫފް ކާރެއްވެސް ގަނެފައި ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

ސަލްމާންގެ އިތުރުން އޭނާގެ އާއިލާއަށް ވެސް މަރުގެ އިންޒާރު ދީފައިވާއިރު މިއީ ދާދި ފަހުން ޕަންޖާބުގެ ލަވަކިޔުންތެރިޔާ ސިދޫ މުސެވާލާ ބަޑީގެ ހަމަލާއެއްގައި މަރުވި ހާދިސާގެ ފަހަތުގައިވާ ލޯރެންސް ބިޝޯނީ ނަމަކަށް ކިޔައި ގޭންގަކުންނެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.