އާސެނަލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗްގެ ތެރެއިން

ކުޅިވަރު

އާސެނަލަށް މިއަހަރުގެ ލީގުގެ ފެށުން ރަނގަޅު

ދާނިޝް - އެމެރިކާ | 6 އޯގަސްޓު 2022 , ހޮނިހިރު 16:37   357

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އަހަރު ފުރަތަމަ މެޗުން ބްރެންޓްފޯޑް އަތުން 2-0 ބަލިވި އާސެނަލުން މިފަހަރުގެ ލީގުގެ ފެށުން ކާމިޔާބީއަކުން ފަށައިފިއެވެ.

އާސެނަލުން މިފަހަރު ބައްދަލުކުރީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ޕެލެސްގެ ދަނޑުގައެވެ. މި މެޗް އާސެނަލްއިން ކާމިޔާބު ކުރީ 2-0 އިން ޕެލެސް ބަލިކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އާސެނަލް އިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، މެޗުގެ 20 ވަނަ މިނެޓުގައި، ބްރެޒިލްގެ ފޯވާޑް ގެބްރިއެލް މާޓިނޭލީއެވެ. މި މެޗްގައި ޕެލެސްއިން އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިފައިވާ އިރު އޭސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ މި ހަމަލާތައް ދިފާއުކުރުމުގައި ބޮޑޫ ދައުރެއް އަދައި ކޮށްފައެވެ. މެޗްގައި އާސެނަލްއިން ޖެހި ދެވަނަ ލަނޑަކީ އާސެނަލްގެ ސަކާ ނެގި ބާރު ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޕެލަސްގެ ޑިފެންޑަރު، މާކް ގޭހީ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

މިފަހަރުގެ ލީގު ވަރުގަދަ ސްކޮޑަކާއެކު ފެށި އާސެންލްގެ ފަރާތުން މި ސީޒަނުގައި މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ކްލަބްގެ ސަޕޯޓަރުން އުއްމީދުކުރިއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.