އެމްޑީއޭގެ ކައުންސިލް މެމްބަރު އަލީ މައުރޫފް ޓީމާއިއެކު ހުކުރު ދުވަހު ހަވީރު އައްޑުގައި

ހަބަރު

އެމްޑީއޭގެ ޓީމެއް އައްޑޫއަށް ޒިޔާރަތްކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 އޯގަސްޓު 2022 , ހޮނިހިރު 20:52   843

މީދޫ ދާއިރާގެ މެމްބަރު އަހަމަދު ޝިޔާމުގެ ލީޑަރޝިޕްގައި، އުފައްދަވާފައިވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔެންސް (އެމްޑީއޭ) ގެ ޓީމެއް އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިޒިޔާރަތުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ އައިޝަތު ރަފިއްޔާގެ އިތުރުން ކައުންސިލް މެމްބަރު، އަދި ކުރީގެ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އަލީ މައުރޫފްގެ އިތުރުން ޝުޢައިބް ޢަލީ (ފުރަހަނި ޝުޢައިބު) ބައިވެރިވެވަޑައިގެންނެވިއެވެ.

އެކްސްޕްރެސް ނޫހަށް އެކްސްކްލޫސިވް ވީޑިއޯ އިންޓަވިއުއެއް ދެއްވަމުން ޢަލީ މައުރޫފް ވިދާޅުވީ، މިދަތުރަކީ އެޕާޓީގެ ލީޑަރ، އަހުމަދު ޝިޔާމް މުޙައްމަދު (ސަން ޝިޔާމް) ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢްލާންކުރައްވާފައިވުމާއިއެކު ޕާޓީއަށް މެމްބަރޝިޕް އިތުރުކުރުމުގެ މަޤްޞަދުގައި ކުރެއްވި ދަތުރެއްކަމަށެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، މިހާރު އެޕާޓީގައި 10،000 މެމްބަރުން އެބަތިއްބެވިކަމަށާއި، އަމާޒަކީ އިތުރު 20،000 މީހުން ޕާޓީއާއި ގުޅުވުންކަމަށެވެ.

މިއިންޓަވިއުގައި މައުރޫފްވަނީ، އެމްޑީއޭގެ މެނިފެސްޓޯގެ އިތުރުން އައްޑޫ ރައްޔިތުންނަށް ހުރިކަންކަމާއި ގުޅޭގޮތުން އަލިއަޅުވާލައި ވާހަކަފުޅުދައްކަވާފައެވެ. އަދި ޕާޓީގެ ހިންގުން ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްވެސް ހާމަކުރައްވާފައިވެއެވެ.

އެމްޑީއޭގެ ފަރާތުން އަލީ މައުރޫފް ދެއްވި އެކްސްކްލޫސިވް އިންޓަވިއު

ޓެގްސް: އެމްޑީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.