ފައިނަލުގައި ކުޅޭ ދެޓީމްގެ ކުޅުންތެރިން

ހަބަރު

ފޭދޫ ސޮކާރކަޕް 2022: ފައިނަލް ގައި ބައްދަލުކުރަނީ މައިލޯ ސިޓީ އަދި ޒެފިއަރ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޯގަސްޓު 2022 , އާދީއްތަ 14:22   209

އައްޑޫ ސިޓީ ސްޓޭޑިއަމްގައި މިވަޤުތު ކުރިއަށްދާ "ފޭދޫ ސޮކާރ ކަޕް" ގެ ފައިނަލް މެޗް މިއަދު އޮންނާނެއެވެ.

މިމެޗުގައި ބައްދަލުކުރަނީ ހިތަދޫގެ ދެ ޓީމްކަމުގައިވާ އެފްސީ ޒެފިއަރ އަދި މައިލޯ ސިޓީއެވެ. މި ދެޓީމަކީ ވެސް އައްޑޫގެ ފުޓުބޯޅައިގައި ހޮވާލެވޭ، ފެންވަރު ރަނގަޅުކުޅެއް ދައްކަމުން އަންނަ ދެޓީމެވެ.

މިއަދުގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން މައިލޯ ޓިމްގެ މެނޭޖަރ ހަސަން ޝަފީގު ބުނެފައިވަނީ މިމެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި މޮޅުކުޅުމެއް ދައްކަން ބޭނުންވާކަމަށެވެ.

ބޭނުންވަނީ ރީތި ކުޅުމެއް ކުޅެގެން ގިނަ ގޯލުތަކެއް ޖަހަން. ނަމަވެސް އެބަހުރި ޗެލެންޖެސް. ހަތަރު ކުޅުންތެރިއަކު ތިބީ އިންޖަރީގައި. އެކަމު ބޮޑަށް ފޯކަސްކުރާނީ ކުރިއަށް ކުޅެގެން ގޯލުޖެހޭތޯ.

~ ހަސަން ޝަފީޤު، މައިލޯ ޓީމްގެ މެނޭޖަރ

ދެ ޓިމުގައި ވެސް މަޝްހޫރު، އެހާމެ ހުނަރުވެރި މޮޅު ކުޅުންތެރިން ހިމެނެއެވެ. މިގޮތުން، ޒެފިއަރ ޓީމުގައި، ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަތަރި ޝަމްވީލް ޤާސިމް (ބޮންޑާ) ގެ އިތުރުން، ހަސަން ރާއިފް (ހަންނާ) އަދި ކުރިން ވެލެންސިއާއަށް ކުޅެފައިވާ ދޮންބޯ ވެސް ހިމެނެއެވެ.

މައިލޯ ޓީމަށް ބަލާއިރު، ރާއްޖޭގެ ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަނަށް ކުޅޭ އަހުމަދު ނާޒިމް (ޗޮޓޫ)، ހަމްޒީ ފައުޒީ، އަޔާ އަދި ދާނިޝް ހިމެނެއެވެ.

މިމުބާރާތަކީ ފާހި ސްޕޯޓްސް ކްލަބް އަދި ފޭދޫ އަވަށު އޮފީސް ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ.

މިއަދުގެ ފައިނަލް މެޗު ފެށޭނީ އައްޑޫ ފުޓުބޯޅަ ދަނޑުގައި، ހަވީރު ހަތަރެއް ޖަހާއިރު ކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.