މިއަދުގެ ފައިނަލް މެޗު، ކުޅުމުގެ ތެރެއިން

ހަބަރު

ފޭދޫކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޒެފިއަރ ހޯދައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޯގަސްޓު 2022 , އާދީއްތަ 17:56 1   720

ފޭދޫ ކަޕް ފުޓުބޯޅަ މުބާރާތުގެ ނަމުގައި އައްޑޫ ސިޓީގައި ބާއްވާ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އެފްސީ ޒެފިއަރ އަދި މައިލޯ ސިޓީ ބައްދަލުކޮށްފިއެވެ.

އައްޑޫ ފުޓްބޯލް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މިމެޗު ނިމުނީ 1-0 ގެ ނަތީޖާ އަކުން އެފްސީ ޒެފިއަރ މޮޅުވެގެންނެވެ. އެހެންކަމުން މިމުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އެފްސީ ޒެފިއަރ އިންނެވެ.

މިމެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހާފައިވަނީ އެފްސީ ޒެފިއަރގެ ކުޅުންތެރިޔާ އަދި ކުރީގެ ގައުމީޓީމުގެ މަޝްހޫރު ތަރި ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ.

މިމެޗުގެ މޭން އޮފްދަމެޗްކަން ވެސް ހޯދާފައިވަނީ އޭނާއެވެ. އޭނާ ވަނީ މުބާރާތުގައި ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ވެސް މޭން އޮފްދަމެޗް ކަން ހޯދާފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޒެފިއާރގެ ކޯޗު، އަހުމަދު ނަސީމް (ނަސަމާ) އެވެ.

އެންމެ މޮޅު ޑިފެންޑަރަކީ މައިލޯ ޓީމްގެ އިބްރާހިމް ނަޖާހު ހޯދިއިރު އެންމެ މޮޅު މިޑްފީލްޑަރުކަން ހޯދީ ޒެފިއާ ގެ ހަސަން ރާއިފްއެވެ. އެންމެ މޮޅު ފޯވާޑްކަން ހޯދީ މައިލޯ ޓީމްގެ މުޙައްމަދު ނަޝީދުއެވެ.

މުބާރާތުގެ ރަނަރއަޕް ޓީމް އަކަށް ހޮވުނީ ފައިނަލްގައި ޒެފިއަރ އާއި ދެކޮޅަށް ބައްދަލުކޮށްފައިވާ މައިލޯ ސިޓީ އެފްސީ އެވެ. އަދި މުބާރާތުގެ ފެއަޕްލޭއި ޓީމްކަން ހޯދާފައިވަނީ، އެފްސީ-އަފިރިން ނެވެ. ނަމަވެސް އަފިރިން ޓީމަށް މިމުބާރާތުގައި ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ.

މިމުބާރާތް އިންތިޒާމްކޮށްފައިވަނީ، ފޭދޫ ފާހި ސްޕޯޓްސް ކްލަބް އިންނެވެ. ޗެމްޕިއަން ޓީމު ޒެފިއާރ 25،000 ރުފިޔާ ދީފައިވާއިރު، ރަނަރއަޕް ޓީމު ކަމަށްވާ މައިލޯ އެފްސީ އަށް 15،000 ރުފިޔާ ދީފައިވެއެވެ.

މިމެޗުގެ ބައެއް ފޮޓޯތައް

ވޯޑިއީ: އުސްއަލިތައް

މިލިޔުމާއި ގުޅޭ:

ފޭދޫ ސޮކާރކަޕް 2022: ފައިނަލް ގައި ބައްދަލުކުރަނީ މައިލޯ ސިޓީ އަދި ޒެފިއަރ

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.