މިއަދު ސޯޝަލްމީޑިއާގައި ޢާއްމުވެފައިވާ ފޮޓޯތަކެއް

ހަބަރު

އައްޑޫ ސިޓީ އިން އަނެއްކާވެސް ސީލްއެއް ފެނިއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 7 އޯގަސްޓު 2022 , އާދީއްތަ 19:17   742

އައްޑޫ ސިޓީއިން އަނެއްކާވެސް ސީލްއެއް ފެނިއްޖެއެވެ. މިގެ ދެތިން ދުވަސްކުރިން ވެސް މިފަދަ ސީލްއެއް އައްޑޫ ސިޓީ އިން ފެނިފައިވެއެވެ. އެފަހަރު ސީލް ފެނިފައިވަނީ، އައްޑޫ ސިޓީ ހިތަދޫ ކަނބިހާ ބީޗްއާއި ދިމާލުންނެވެ.

ހިތަދޫގައި ހުރެގެން މަންޒަރުދުށް ފަރާތެއް ކަމުގައިވާ ހުސެން ޙަބީބް ކިޔާދެއްވިގޮތުގައި، މިފަހަރު ސީލް ފެނިފައިވަނީ ހިތަދޫ ހުޅަނގުފަރާތުން، ކިނބިވަލާއި ދިމާލުންނެވެ. އެއީ ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ވެސް ހުރި ސަރަޙައްދެވެ.

ކުރިން ފެނުނު ސީލް ފެނުނީ އިރުމަތީ ފަރާތުންނެވެ.

ޙަބީބް އިތުރަށް ކިޔާދެއްވިގޮތުގައި، އެނާއަށް ސީލް ފެނުނީ މިއަދު ހަވީރު 3.30 އެހާކަށްހާއިރު ކަމަށެވެ. އޭގެކުރިން ވެސް ބައިގަޑި އިރު ވަރު އޭތި އެތާ އޮތްކަމަށެވެ. އަދި 4 ޖެހި ފަހުން ވެސް އޭތި އެތަނުން ފެނިފައިވެއެވެ.

އޭތި އެތާ އޮތްއިރު ވަރަށް އެންޓަރޓެއިނިން، މޫދަށް އެރިލާ، މައްޗަށް އަރާ، ނަށާ ލަވަކިޔައިދެމުން ދިޔައީ. ތަފާތު ތަޖުރިބާއެއް އެއީ. އޭގެ ދިގުމިނުގައި ގާތްގަނޑަކަށް 8 ފޫޓު ވަރު ހުންނާނެކަމަށް ލަފާކުރެވޭ.

~ ހަބީބް، އައްޑޫ ސިޓީ ހިތަދޫ އިން

ޓެގްސް: އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.