އާލިން ހާލަންޑް ދަނޑުމަތީގައި

ހަބަރު

ބޮޑުއަގުގައި ގެނައި ހާލަންޑްގެ ފެށުން މެންޗެސްޓަރ ސިޓީގައި ރަނގަޅު

ދާނިޝް - އައްޑޫ އަތޮޅު | 8 އޯގަސްޓު 2022 , ހޯމަ 08:27   218

މި ސީޒަނުގައި ސިޓީއިން އެންމެ ބޮޑު އަގުގައި ގެނައި ފޯވާޑް އާލިން ހާލަންޑްގެ ދެ ގޯލާ އެކު މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި މެންޗެސްޓާ ސިޓިއާއި ވެސްޓް ހޭމް ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖައަކުންނެވެ. މެޗްގައި ސިޓީއިން ކާމިޔާބު ކުރި 2 ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވާ ވަނީ އައު ފޯވާރޑް ހާލަންޑެވެ. ސިޓީ އާއެކު ހާލަންޑުގެ ފުރަތަމަ ރަސްމީ މެޗަކީ ލިވަޕޫލާ ދެކޮޅަށް ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗެވެ. އެ މެޗުގައި އޭނާއަށް ލިބުނު ފުރުސަތުތަކުގައި ބޭނުން ދިޔައީ ނުކުރެވި ބޭކާރު ވެގެންނެވެ. ނަމަވެސް މި މެޗްގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

މެޗްގެ ފުރަތަމަ ލަނޑު ހާލަންޑް ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 36 ވަނަ މިނިޓުގައި، ކެޕްޓަން އިލްކޭ ގުންޑޮއާން ދިން ބޯޅައެއް ހިފައިގެން ހާލަންޑް އޭރިއާ ތެރެއިން ވެސްޓް ހޭމްގެ ކީޕަރު އަލްފޮންސޭ އަރިއޯލާ ކައިރިން ނައްޓަން މަސައްކަތް ކުރަނިކޮށް އޭނާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ހާލަންޑް އޭނާގެ ދެވަނަ ލަނޑު ޖެހީ 65 ވަނަ މިނިޓުގައި ޑިބްރޭނާގެ އެހީތެރިކަމާއި އެކުގައެވެ.

މި މެޗްގައި ސިޓީގެ ކޯޗް ވަނީ ލީޑްސް ޔުނައިޓޭޑުން ގެނައި އިނގިރޭސި މިޑްފިލްޑަރ ކެލްވިން ފިލިކްސް ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗްގައި ކުޅެން އަރުވާފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.