ފަލަސްތީނުގެ ގައްޒާގެ މަންޒަރެއް

ހަބަރު

ޔަހޫދީންގެ އުދުވާންތަކުގައި ޝަހީދުވި ފަލަސްތީން މުސްލިމުންގެ އަދަދު 30 އަށް އަރައިފި

ދާނިޝް - އައްޑޫ އަތޮޅު | 8 އޯގަސްޓު 2022 , ހޯމަ 20:06   356

ޢައްޒާގައި އިސްރާޢީލުގެ ޔަހޫދީން ހިންގަމުންދާ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްތީނުގެ މުސްލިމުންގެ އަދަދު 30 ހުން މައްޗަށް އަރައިފިއެވެ.

އިސްރާއީލުގެ ޔަހޫދީން މިދިޔަ އޮގަސްޓް 5 ވަނަ ދުވަހު ޢައްޒާ ބަންދުކޮށް އެ ރަށުގެ މުސްލިމުންނަށް އުދުވާނީ އެތައް ޖަރީމާތަޖެއް ވަނީ ހިންގަން ފަށައިފައެވެ. މި އުދުވާން ތަކުގައި ގިނަ ބަޔެއްގެ ބޯހިޔާވަހިކަން ބިމާއި ތިރިކޮށްފައިވާއިރު ޒަޙަމް ވެފައިވާ މީހުންގެ އަދަދުވެސް އެހާމެ ގިނައެވެ. އަދި ޔަހޫދީންގެ އުދުވާންތަކުގެ ރައްދުގައި އިސްލާމިކް ޖިހާދު ޖަމާޢަތުން ދަނީ އިސްރާޢީލުގެ އަމާޒުތަކަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދެމުންނެވެ.

މީގެ ތެރެއިން ބައެއް ރޮކެޓުތައް ޤުދުސްގެ ހުޅަނގުގެ ސަރަޙައްދަށް ވެސް ވެއްޓިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދު ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޚާލިދު މަންޞޫރު ވެސް ހިމެނެއެވެ.

އިސްރާޢީލަށް އަމާޒުކޮށް އެ ޖަމާޢަތުން އޮގަސްޓު 7 ވަނަ ދުވަހުގެ ހެނދުނާ ހަމައަށް 580 އަށްވުރެ ގިނަ ރޮކެޓް ފޮނުވައިލާފައިވާ އިރު އެ ޖަމާޢަތުގެ ރޮކެޓް ހަމަލާތަކުގެ ތެރެއިން 97 އިންސައްތަ ރޮކެޓްތައް އިސްރާޢީލުގެ "އަޔަން-ޑޯމް" ދިފާޢީ ނިޒާމު ބޭނުން ކޮށްގެން، ވައިގެ ތެރޭގައި ވަނީ ނައްތައިލާފައެވެ. ނަމަވެސް، ރޮކެޓް ހަމަލާތަކާ ގުޅިގެން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކުގެ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް މީޑިއާ ތަކުގެ ތެރޭގައި ދައުރުވަމުންދާ ވާހަކަ ތަކުން ދޭހަވެއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދަ އުދުވާނީ ހަމަލާތަކަށާއި ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް އެތައް އަހަރެއް ވެފައިވާއިރު ފަލަސްތީނުގެ ކުޑަކުދިން ތާއަބަދު ތިބެން މަޖުބޫރު ވެފައިވަނީ ބުރުވެރިކަން މަތީގައެވެ. ޔަހޫދީން މު އަމަލުތައް ހުއްޓާލުމުގެ ހިޔާލެއްވެސް ނުކުރާއިރު މި އުދުވާންތައް ހުއްޓުވޭތޯ މިޞްރުން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.