އަލީ ޝާހިލް

ހަބަރު

ޝަރީޢަތް ނިމެންދެން ޝާހިލް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ޒައިން ޠާލިބް - ކ. މާލެ | 8 އޯގަސްޓު 2022 , ހޯމަ 09:54   525

ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ގާތިލުކަމަށް ބެލެވޭ ޢަލީ ޝާހިލް، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން މިގޮތަށް ނިންމީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ސިއްރު އަޑުއެހުމުގައެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ބާއްވާފައިވަނީ މީޑިއާތަކާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

މި ހާދިސާ ހިގާފައި ވަނީ އެދުވަހުގެ ދަންވަރުގަ އެވެ. މި ހާދިސާ އިން ހައްޔަރުކުރި އުމުރިން 23 އަހަރުގެ ޢަލީ ޝާހިލް ހައްޔަރުކުރީ ދަންވަރުގަ ކަމަށްވެއެވެ. އަދި އަލީ ޝާހިލް ހައްޔަރުކުރީވެސް އެ އެޕާޓްމަންޓުންނެވެ. ޝާހިލް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓް ލައްވާފައިކަމަށްވެއެވެ. އެގޮތުން އެ ސޫޓް ލައްވާފައިވަނީ ޝާހިލްގެ ގައިގައި ލޭ ހުރުމުން ހެކި ރައްކާތެރި ކުރުމަށެވެ.

ޝާހިލް އަދިވެސް ކުށަށް އިއުތިރާފު ނުވާކަމަށް އަދި ޝިއާ މަރާލިއިރު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ގިިނަ ފަރާތްތަކުން އަންގައެވެ.

ޓެގްސް: މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.