އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ދުނިޔެ

ޑޮނަލްޑް ޓްރަމްޕްގެ ފްލޮރިޑާގައި ހުންނަ ގެއަށް އެފްބީއައި އިން ވަދެފި

އަލީ އަޒްޔަން - އެމެރިކާ | 9 އޯގަސްޓު 2022 , އަންގާރަ 07:06   417

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފްލޮރިޑާގައި ހުންނަ ގެއަށް، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ގިނަ އެޖެންޓުން ވަދެ، އެގޭ ހުރި ސޭފް ބޮކްސް އެއް ހަލާކުކޮށްލައިގެން ހުޅުވައިފިކަމަށް، އެބޭފުޅާ ވިދާޅުވެއްޖެއެވެ.

ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، އެފްބީއައިގެ މިޙަރަކާތަކީ، އެމެރިކާ ސަރުކާރުގެ ރަސްމީ ކަރުދާސްތަކެއް ބޭރުކޮށްފައިވާކަމުގެ ތުހުމަތުގައި ހިންގާ ތަހުގީގެކެވެ. މި ތުހުމަތުތައް ފެންމަތިވެފައި މިވަނީ، ޓްރަމްޕް، ތިންވަނަ ފަހަރަކަށް އެމެރިކާގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ.

ސީއެންއެން އާއި ޙަވާލާދީ ބީބީސީއިން ބުނެފައިވަނީ، އެފްބީއައި އިން އެގެއަށް ވަންއިރު ޓްރަމްޕް ހުންނެވީ ނިއުޔޯކް ސިޓީގައި ހުންނަ އެބޭފުޅާގެ އަމިއްލަ ހޮޓަލެއް ކަމުގައިވާ ޓްރަމްޕް ޓަވަރުގައެވެ.

މިކަމާއި ގުޅިގެން ނެރެފައިވާ ސްޓޭމެންޓްގައި، ޓްރަމްޕް ވިދާޅުވީ "ކުރިން އެންގުމަކާއި ނުލައިކޮށްފައިވާ މިއަމަލަކީ ކޮންމެހެން ކުރަންޖެހޭކަމެއް ނޫން" ކަމަށެވެ.

މިފަދަ ބިރުދެއްކުމުގެ ޢަމަލުތައް މިހާތަނަށް ހިންގަމުން އައީ ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި. ހިތާމައާއިއެކު ދަންނަވަންޖެހެނީ އެމެރިކާ މިއަދު މިއޮތީ އެފަދަ ގައުމެއްގެ ޙާލަތުގައި. މީގެކުރިން ކޮރަޕްޓް ނުވާ މިންވަރަކަށް ކޮރަޕްޓެވެފައި.

~ ޑޮނަލްޑް ޓްރަމްޕް، ނެރެފައިވާ ސްޓޭޓްމެންޓުން

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.