ނިއު މެކްސިކޯގައި މަރައިލެވުނު މުސްލިމުން

ދުނިޔެ

އެމެރިކާގެ ނިއު-މެކްސިކޯގައި މުސްލިމުންނާއި ދެކޮޅު ޖަރީމާތަކެއް ހިންގައިފި

ދާނިޝް - އެމެރިކާ | 9 އޯގަސްޓު 2022 , އަންގާރަ 09:50   346

އެމެރިކާގެ ހުޅަނގު ދެކުނު ސްޓޭޓެއް ކަމަށްވާ، ނިއު މެކްސިކޯގައި މުސްލިމުންނަށް އެކި ގޮތްގޮތުން އަނިޔާ ކުރުމާއި މެރުންތައް އިތުރު ވާން ފަށައިފިއެވެ.

ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި މިހާތަނަށް 4 މުސްލިމަކު މަރައިލައިފާ ވާއިރު އެ ސްޓޭޓްގެ ރަށެއް ކަމަށްވާ އެލްބަކަރކީގެ ފުލުހުންގެ އިސްވެރިޔާ ހެރޮލްޑް މެޑީނާ މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރައިލާފައިވާ ހަތަރުވަނަ މުސްލިމަކީ ޒުވާން ނައީމް ހުސެއިން ނަމަކަށް ކިޔާ މީހެއް ކަމުގައެވެ.

މީގެ އިތުރުން އެ ސްޓޭޓްގައި މަރައިލެވުނު މުސްލިމުންގެ ތެރޭގައި ހިމެނޭ 62 އަހަރުގެ މުޙައްމަދު އަޙްމަދީ މަރައިލާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އަދި 41 އަހަރުގެ އަފްތާބް ޙުސައިން މަރައިލާފައި ވަނީ މި ހުސްވި ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި، މަރައިލާފައިވާ ތިންވަނަ މީހަކީ 27 އަހަރުގެ މުޙައްމަދު އަފްޒާލް ހުސައިނެވެ.

މި އެންމެން ވެސް މަރައިލާފައި ވަނީ ބަޑި ޖަހައިގެން ދީފައިވާ ހަމަލާތަކެއްގައެވެ. މި ހަތަރު މީހުންގެ ޤާތިލުން ހޯދުމަށް ކުރަމުންދާ ތަހުޤީޤުގައި އަދި މިހާތަނަށް މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނެތް ކަމަށް އެ ސްޓޭޓްގެ ފުލުހުން ބުނެއެވެ.

މި ހަތަރު މީހުންގެ ޤާތިލުން ހޯދުމަށް އެހީތެރިވެދޭ މީހަކަށް 5,000 އެމެރިކާ ޑޮލަރުގެ އިނާމެއް ދިނުމަށް އެމެރިކާގައި ދިރިއުޅޭ މުސްލިމުން ތަމްސީލު ކުރާ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސްއިން ވަނީ ހުށަހަޅާފައެވެ. އަދި މި އަަަދަދު 20،000 އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށްވެސް މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.