މެންޗެސްޓާ ޔުނައިޓެޑްގެ ޔުނައިޓެޑްގެ ކޯޗް

ކުޅިވަރު

ރޮނާލްޑޯއަށް އަދި މުޅި މެޗެއް ނުކުޅެވޭނެކަމަށް ކޯޗު ޓެން ހާގް ބުނެފި

ދާނިޝް - ޔޫރަޕް | 10 އޯގަސްޓު 2022 , ބުދަ 10:10   298

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ދުނިޔޭގެ އެންމެ މޮޅޮ ކުޅުންތެރިޔާގެ މަގާމުވެސް އެތަށް ފަހަރެއްގެ މަތިން ހޯދައިފައިވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުޅި މެޗު ކުޅޭ ވަރަށް އަދި ތައްޔާރު ނުވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން ޔޫރޮޕާ ލީގުގައި ބްރައިޓަން އާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ޓެން ހާގް އަށް ވަނީ ގިނަ ސަޕޯޓަރުންގެ ފާޑިކޮޔުން އަމާޒު ވެފައެވެ. އެއީ އެ މެޗްގައި ރޮނާލްޑޯ ފުރަތަމަ އެގާރާގައި ނުހިމެނި ކުޅުންތެރިޔާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ނެރުމާއި ގުޅިގެންނެވެ.

މިކަމާއި ބެހޭގޮތުން ޓެން ހާގް ބުނިގޮތުގައި ޓީމާ އެކު ރޮނާލްޑޯ ޕްރެކްޓިސް ކުރި މުއްދަތު ކުރު ކަމުން މެޗުގައި ފުލުކޮށް ކުޅެވޭ ވަރު އަދި ނުވާ ކަމުގައެވެ. އޭނާ ބުނި ގޮތުގައި ރޮނާލްޑޯ ޓީމުގެ ޕްރެކްޓިސްގައި ބައިވެރި ވެފައިވަނީ ޖުމުލަ 10 ދުވަހުގައެވެ. ރޮނާލްޑޯ ވަނީ ސީޒަން ބްރޭކްގައި ކްލަބް ބަދަލުކުރަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފައުޅުކޮށްފައެވެ. އެއީ މި ސީޒަނުގައި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭތީއެވެ.

އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒް ވަނީ ބަޔާން މިޔުނިކް، އެތުލެޓިކޯ މެޑްރިޑް އަދި ޗެލްސީ އަށް ވެސް އޭނާގެ ޓްރާންސްފާ ޕެކޭޖް ހުށަހަޅައިފަ އެވެ. އެކަމަކު ރޮނާލްޑޯ ގެންދާނެ އެއް ވެސް ކްލަބެއް ނުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ޔުނައިޓެޑުންވެސް ރޮނާލްޑޯ ދޫކޮށްލަން ބޭނުން ނުވާކަން ކޯޗް ޓެން ހާގް ގެ ވާހަކަތަކުން ދޭހަ ވެއެވެ.

ޓެގްސް: ފުޓުބޯޅަ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.