ދިހަ އަހަރު ފަހުން އެމެރިކާއިން އަނެއްކާ ވެސް ޕޯލިއޯ ފެނިއްޖެ

ހަބަރު

ޕޯލިއޯ ބަލީގެ ކޭސްތަކެއް ފެތުރޭތީ ވެކްސިންދިނުމަށް ސަމާލުކަން ދިނުމަށް އެމެރިކާގެ ޑޮކްޓަރުން އެދެފި

ޒަހީން ޠާލިބް - ދުނިޔެ | 10 އޯގަސްޓު 2022 , ބުދަ 10:22   452

ނިއުޔޯކް ސްޓޭޓްގެ ސިއްހީ އޮފިޝަލުންނާއި ޙަވާލާދީ، ބީބީސީން ބުނެފައިވަނީ، ނިއުޔޯކް ގައި ޕޯލިއޯ ޖެހިފައިވާކަން ނޭނގޭ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ކޭސްތަކެއް ހުރެދާނެ ކަމަށެވެ.

ނިއުޔޯކުގެ ރޮކްލެންޑް ކައުންޓީގައި ވެކްސިން ނުޖަހާ މީހަކު މިވައިރަސްގެ ސަބަބުން ޕެރަލައިޒް ވެފައިވާކަން މިދިޔަ މަހު ވަނީ އިއުލާންކޮށްފައިވާއިރު، އޭނާގެ މައްސަލައާ ޖެނެޓިކަލީ ލަންޑަނާއި ގުދުސްގެ ނަރުދަމާއިން ފެނުނު ޕޯލިއޯ ވައިރަސްގެ އަސަރުތަކާ ގުޅިފައިވާކަމައް ނިއުޔޯކް ސްޓޭޓްގެ ސިއްހީ އޮފިޝަލުން ބުނެެއެވެ.

އިނގިރޭސިވިލާތުގައި ވެސް މިހާރު ދަނީ ނަރުދަމާ ފެން ޓެސްޓް ކުރަމުގެ މަސައްކަތްކުރަމުންނެވެ. އަދި ބެކްޓަންގެ ނަރުދަމާގެ މަސައްކަތްތަކުން އެތައް ހަފްތާއެއް ވަންދެން ޕޯލިއޯ ވައިރަސްގެ އަސަރުތަކެއް ފެންނަން ހުއްޓެވެ.

މި ކަމާ ގުޅިގެން ޑރ ރަޕަރޓް ހާމަކުރެއްވިގޮތުގައި، ގޮތުގައި ނިއުޔޯކް ޕެރަލައިސިސް ކޭސްއާއި ލަންޑަނާއި ގުދުސްގެ ކުނިފެނުން ފެނުނު ޕޯލިއޯވައިރަސްގެ އަސަރުތަކާ ދެމެދު ގުޅުމެއްވާކަން އެނގޭނީ، ސައިންސްވެރިން ތިން ތަނުން ނަގާފައިވާ ސާމްޕަލްތަކުގެ ޖީނޯމް ސިކުއެންސިން ހެދަމުންނެވެ.

ޕޯލިއޯ ވައިރަސް އަކީ މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މިބައްޔަކީ، ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނާއި ވެކްސިން ނުޖަހާނަމަ މިބަލި ފަސޭހައިން އެހެން މީހުންނަށް ވެސް ޖެހިދާނެ ނުރައްކާތެރި ބަލި އަކެވެ.

ޑރ ރަޕަރޓް ވިޑދާޅުވާގޮތުން މިއީ އަޅުގަނޑުމެންގެ ދުނިޔެއަށް ވަރަށް ސީރިއަސް މައްސަލައެއްކަމަށާއި މިއީ ހަމައެކަނި ނިއުޔޯކާއި ބެހޭ ކަމެއް ނޫންކަމާއި އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ އަޅުގަނޑުމެންގެ ހުރިހާ އާބާދީތަކަށް ރަނގަޅަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުން ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީން ވަރަށް އަވަހަށް ލަންޑަންގެ ޕޯލިޔޯ ވައިރަސްގެ އަސަރު ކުރަނީ ކޮން ސަރަހައްދުތަކަކާ ބެހޭ އިތުރު ތަފްސީލުތައް އާންމުކުރާނެ ކަމަށް ބެލެވެ އެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.