ހެލްތް މިނިސްޓަރ

ހަބަރު

އެމެރިކާއިން ލައްކައެއްހާ ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ޒައިން ޠާލިބް - ދިވެހި ރާއްޖެ | 9 އޯގަސްޓު 2022 , އަންގާރަ 23:23   393

އެމެރިކާ ސަރުކާރުން 90،000 އަށް ވުރެގިނަ ޑޯޒްގެ ވެކްސިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ކޯވިޑް-19 އެމް.އާރް.އެން.އޭ ޑޯޒްގެ ވެކްސިން ކަމަށެވެ.

އެމް.އާރް.އެން.އޭ ވެކްސިނަކީ ފައިޒާ އާއި މޮޑަރނާ ވެކްސިނަ ބޭނުނެ ކޮށްފަހަދާފައި ވާ ވެކްސިން އަކެވެ. އަދި އިތުރުން ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައި ވާކަމަށެވެ.

ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުންް އަންނަނީ އެމެރިކާގެ ޔޫ.އެސް އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮފްމަންޓް އިން ކުރިއަށްގެންދަމުންނެވެ. އަދި މީހުން ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތުވެސް ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ދަނި ކުރިއަށް ގެންދަމުންނެވެ.

އެމެރިކާއިން ރާއްޖެ އަށް ވަނީ ޕެންޑެމިކް ތެރެއިން ވަރަށް ބޮޑަށް އެހީވެފައެވެ. އެގޮތުން ރާއްޖެއަށް ވަނީ 7 މިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. އަދި މީގެއިތުރުން 60 ވެންޓިލޭޓަރު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ޓެގްސް: އެމެރިކާ ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.