ރޮބާރޓް ޕޯޕް

ދުނިޔެ

ރޮބާރޓް ޕޯޕް، އަޔަރލޭންޑު ގެ ފުޅާމިނާ އެއްވަރަށް ދުވެފައިގޮސް ގިނިސް ދުނިޔޭގެ ރެކޯޑް ފޮތައް

ޒަހީން ޠާލިބް - ދުނިޔެ | 11 އޯގަސްޓު 2022 , ބުރާސްފަތި 08:40   367

އިނގިރޭސި މެރެތަން ޗެމްޕިއަން، ރޮބާރޓް ޕޯޕް، 24 ގަޑިއިރަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އަޔަރލޭންޑު ޖަޒީރާ ގައުމުގެ ފުޅާމިނުގައި ދުވެފައި ވާއިރު، އަދި އެއީ މި ކާމިޔާބީ ހާސިލްކުރި ފުރަތަމަ މީހާ ކަމަށް މިހާރު ވަނީ ނިންމާފައެވެ.

23 ގަޑިއިރާއި 39 މިނެޓުން ރޮބާރޓް ޔޫރަޕްގެ ހުޅަނގު އައްސޭރީގައި އޮންނަ އަޔަރލޭންޑުގެ ގަލްވޭ ސިޓީ އިން އަޔަރލޭންޑުގެ ވެރިރަށް ޑަބްލިންއާއި ހަމައަށް ދަތުރުކޮށްފައެވެ.

އުމުރުން 44 އަހަރުގެ މިދުވުންތެރިޔާ ވަނީ 131 މޭލު (211 ކިލޯމީޓަރު) ދުއްވައިގެން އާދީއްތަ ދުވަހު ގަލްވޭއިން ރޫޓް ނިންމާލިއެވެ.

ޕޯޕް އަކީ އެލީޓް އަލްޓްރާމެރެތަން ދުވުންތެރިއެކެވެ. އާދަޔާ ހިލާފު ގޮންޖެހުންތަކާއެކު އޭނާއަށް މިކާމިޔާބީ އާއި ހަމަޔަށް އާދެވުމުން އޭނާގެ ނަން ފާހަގަކޮށް އުފާފާޅުކޮށްފައިވެއެވެ.

ޓެގްސް: ޔޫރަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.