މީރާ ހިންގާ އިމާރާތް

ހަބަރު

މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގަ 15.7 ބިލިއަން ރުފިޔާ ލިބިއްޖެ

ޒައިން ޠާލިބް - ދިވެހި ރާއްޖެ | 10 އޯގަސްޓު 2022 , ބުދަ 22:14   266

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %42 އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ ރިޕޯޓުން ދައްކާގޮތުގައި ޖުލައި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 15.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42 އިންސައްތަ އިތުރުވުމެކެވެ. ޓެކްސް އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 11.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދު 20.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 15.5 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދެވެ. ރިކަރަންޓު ޚަރަދުތަކުގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދެ ބައެކެވެ. އެއީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކެވެ.

އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 9.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.

ޓެގްސް: ސަރުކާރު ދައުލަތުގެ ބަޖެޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.