އައްޑޫ ސިޓީ އިން ފެނުނު ސީލް (ފޮޓޯ: އައިކް އަޝްރަފް)

ހަބަރު

ސީލް އަށް ބަޔަކު އަނިޔާކޮށްފައިވާކަމަށް ބުނެފި، އޭތި ވީތަނެއް މިހާރު ނޭނގޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 އޯގަސްޓު 2022 , ބުދަ 16:40   1131

އައްޑޫ ސިޓީ އިން ފެނުނު ސީލް، ވީތަނެއް މިހާރު ނޭނގި ގެއްލިފައިވާކަން ހާމަ ވެއްޖެއެވެ. ސީލް ގެއްލިފައި މިވަނީ، އެ ސީލް މޮނިޓަރ ކުރުމަށްޓަކައި ނޭޗަރޕާކް އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ޓާސްކް ފޯސްއެއް އެކުލަވާލުމަށްޓަކައި، ވޮލަންޓިއަރުން ހޯދަން އިޢްލާންކޮށްފައިވަނިކޮށެވެ.

ޢާއްމުންގެ ތެރެއިން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެންމެ ފަހުން ސީލް ފެނިފައިވަނީ ކުރިން އޮތް ތަނަށް ވުރެ 500 މީޓަރު ވަރު ދެކުނުން، ކިނބިވަލާއި ދިމާލުންކަމަށެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން ސީލް ބެލެހެއްޓުމުގެ ކަންތަކުގައި އިސްކޮށް ޙަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، ސީލް ގެއްލިފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައިކަމަށް ބެލެވޭކަމަށެވެ. އަދި ގެއްލުނުކަން އެނގުމާއިއެކު، ސީލް ފެނޭތޯ ވަރަށް ގިނަ މަސައްކަތްކޮށްފައިވާކަމަށްވެ. މިގޮތުން ހިތަދޫ ހުޅަނގު ފަރާތުގެ އައްސޭރިފަށުން ފެށިގެން ވިލާއި ހަމަޔަށް ވަރަށް ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށެވެ.

އަޅުގަނޑުމެން ޑްރޯން ވެސް ބޭނުންކޮށްފިން ފެނޭތޯ. ދެން ފަހަރެއްގަ ވެދާނެ އޭތި އެހެން މަންޒިލަކަށް ދިޔައީ ކަމަށް ވެސް. އެކަމަކު އެބަހުރި ރިޕޯޓްތަކެއް ލިބިފައި އެއަށް ރޭ ބަޔަކު ނިކުމެ ޙަމަލާ ދިފައިވާކަމުގެ. މީގެ ކުރިން މޮރިޝަސް އަށް ދިޔަ މިފަދަ ސީލް އެއް ވެސް އެތާ މީހުން އުނދަގޫކުރާތީ އޭތި ޢާއްމުކޮށް މަޑުކޮއްގެން އޮންނަ ވަރަށްވުރެ އަވަހަށް އެތަން ދޫކޮށް ގޮސްފި. އެކަށީގެންވޭ އެފަދަ ގޮތަކަށް ކަމަށް ވެގެންދިޔައީ.

~ ސީލްގެ ކަންތަކުގައި އިސްކޮށް ޙަރަކާތްތެރިވާ އޮފިޝަލަކު

އައްޑޫ އިން ފެނިފައިވާ މިސީލް ބަލާލުމަށްޓަކައި އިއްޔެ ވެސް ގިނަ ޢަދަދެއްގެ ބަޔަކު އެތަނަށް ދިޔައެވެ. އަދި ފުލުހުން ވަނީ އެއާއި ގާތް ނުވެވޭނެހެން ކޯން ވެސް އަޅާފައެވެ.

އަދި އެންވައިރޮންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި، ފުލުން އަދި އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ސީލް އަށް އުނދަގޫވާފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އިއްޔެ ހަވީރު ސީލް ބަލާލަން ދިޔަ މީހުން (ރިކޯޑެޑް-ލައިވް)

މިލިޔުމާއި ގުޅޭ:

ސީލް ގައިން ގިނަ ޢަދަދަކަށް ލޭފައިބާ، މަރާއި ހަނގުރާމަކުރަނީ!

ސީލްއެއް ފެނުމުން، "އެއްގޮތަކަށް ވެސް ކޮށްގެންނުވާނެ ކަންކަން" - ފުލުހުން

ޓެގްސް: އައްޑޫ ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.