ޓުރުކީ ވިލާތުގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ހިމްނާ ވާދަކުރަނީ

ހަބަރު

ހިމްނާ އަނެއްކާ ވެސް އިތުރު ގައުމީ ރެކޯޑެއް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 އޯގަސްޓު 2022 , ބުރާސްފަތި 00:29   222

ތުރުކީވިލާތުގައި ފެށިގެން ކުރިއަށްދާ 5 ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން ހިމްނާ އަދި ރިފާ ދުވެފިއެވެ.

އެޓްލެޓިކްސް 200 މީޓަރު ހީޓުގައި 2ގައި ދުވެގެން ހިމްނާ ހަސަން އަށް ލިބުނީ 5 ވަނައެވެ. ވަގުތަކީ 24.66 ސިކުންތެވެ.

މިއީގައުމީ ރެކޯޑެކެވެ. ހަ އަހަރު ވަންދެން މި ރެކޯޑް ހިފަހައްޓާފައިވަނީ ދުވުންތެރިޔާ އަފާ އިސްމާޢީލްއެވެ. ހަމަ މިއާއި އެކު 400 މީޓަރު ރެކޯޑް މިހާރުވެސް އޮތީ ހިމްނާ އަތުގައެވެ.

ހިމްނާގެ އިތުރުން، ހީޓް އެކެއްގައި ދުވެގެން ރިފާ މުހައްމަދު ވަނީ މިމުބާރާތުގައި 6 ވަނަ ހޯދާފައެވެ. އޭނާގެ ވަގުތަކީ 26.09 ސިކުންތެވެ.

ރާއްޖޭގެ ދުވުންތެރިޔާ ރިފާ

އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި 56 ގައުމަކުން 4000 އެތްލީޓުން 483 މެޑެއްޔަށް ވާދަކުރާނެއެވެ. މިޙަރަކާތް އޯގަސްޓްމަހުގެ 21 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

ރާއްޖެއިން ހަތަރު އިވެންޓެއްގައި ވާދަ ކުރާނެއެވެ. އަދި އެތްލީޓުންނާއި އޮފިޝަލުން ހިމެނޭގޮތަށް 51 މީހަކު ތުރުކީއަށް ވަނީ ދަތުރުކޮށްފައެވެ.

ޓެގްސް: އެތްލެޓިކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.