ސެމްސަންގް އިން އަލަށް ތައާރަފްކުރި ދެ ފްލިޕް ފޯން

ހަބަރު

ސެމްސަންގެ އިން އާ ދެ ފްލިޕް ފޯނެއް ތައާރަފްކޮށްފި

ދާނިޝް - ދެކުނު އޭޝިޔާ | 11 އޯގަސްޓު 2022 , ބުރާސްފަތި 11:27   329

އާންމުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ސެމްސަންގެ އާ ދެ ފަތް ޖެހޭ ފޯނެއް އެކުންފުނިން ތައާރަފްކޮށްފިއެވެ.

އެލްމިނިއަމް ފްރޭމާއި ދެ ފަރާތުގައި ލާފައިވާ ކޯނިން ގްލާސްގެ ބާރާ އެކުގައި ފަރުމާކޮށްފައިވާ، ގެލެކްސީ ޒެޑް ފްލިޕް 4 އާއި ގެލެކްސީ ޒެޑް ފޯލްޑް 4 ގެ ނަން ދީފައިވާ މި ދެ ފޯނަކީ މިހާތަނަށް ސެމްސަންގުން ހެދި ފަތްޖެހޭ އެންމެ ވަރުގަދަ ދެ ފޯނު ކަމަށް އެކުންފުނިން ބުނެއެވެ.

ޒެޑް ފްލިޕް 4 ގެ ޑިޒައިނަށް ބަލައި އިރު މި ފޯނަކީ ފަތްޖަހާލުމުން ހަތަރެސްކަނަށް އޮންނަ، ހުޅުވާލުމުން ސްކްރީންގައި 6.7 އިންޗީގެ ސްކްރީނެއް އިންނާނެ ޖީބުގައި ގެންގުޅެން ފަސޭހަ ފޯނެކެވެ. އަދި ފްލިޕް 3 ޙިލާފަށް މީގެ ބެޓެރީގެ ބާރު ވަނީ ގަދަކޮށްފަ އެވެ. އަދި އާ ފޯނުގައި ފަތްޖެހޭ ހުޅު ވަނީ ވަރަށް ތުނިކުރުމާއި ފަތްޖެހޭ ހުޅުގެ ފުޅާމިނަށް ވެސް ވަނީ ބަދަލު ތަކެއް ގެނެސްފައެވެ.

ހަމައެހެންމެ ފްލިޕް 4 ގެ ކެމެރާ ކޮލެޓީ ރަނގަޅު ކުރުމާއެކު ޕޯޓްރެއިޓްކޮށް ފޮޓޯ ނެގޭނެ ގޮތް މިހާރު ވަނީ ހަދައިފައެވެ. އެންމެ ހާއްސަގޮތެއްގައި ފާހަގަ ކޮށްލެވެނީ ފޯނަށް ގެނައި "ފްލެކްސް ކެމް" ފީޗާއެވެ. މި ފީޗާރ އެކްޓިވޭޓްކޮށްގެން ފޯނު ފަތްޖަހައިގެންވެސް ވީޑިއޯ ކުރެވޭނެއެވެ. އަދި މި ފީޗާ ފޭސްބުކާއި ވަޓްސްއެޕާއި އިންސްޓަގްރާމްގައި ބޭނުންކުރެވޭ ގޮތް ހަދަން މެޓާ ކުންފުންޏާ އެކު ސެމްސަންގުން ވަނީ އެއްބަސްވުމަކަށް އައިސްފައި ކަން ސެމްސަންގްއިން ވަނީ ހާމަކޮށްފައެވެ.

ޒެޑް ފޯލްޑް 4 އަކީ ތުނިކޮށް އޮންނަ، އަދި ހުޅުވާލުމުން ޓެބްލެޓް ސައިޒަށް 7.6 އިންޗީގެ ސްކްރީނެއް އިންނަ ފޯނެކެވެ. މި ފޯނުގެ ހާއްސަ ކަމަކީ މިއީ ސެމްސަންގްއިން ބޮޑެތި ސްކްރީން ހުންނަ ޑިވައިސްތަކަށް ހާއްސަކޮށް އެ ކުންފުނިން ހެދި އެންޑްރޮއިޑްގެ ހާއްސަ ވާޝަނެއް ކަމަށްވާ އާއި އެކު ވިއްކާ ޑިވައިސަށް ވުމެވެ. L12 އާ އެކު ވިއްކާ ފުރަތަމަ

މި ދެ ފޯނުގައި ވެސް ސެމްސަންގް ސްޓައިލަސް ބޭނުންކުރެވޭނެއެވެ. މި ފޯނުތަކުގެ ތެރެއިން ގެލެކްސީ ޒެޑް ފްލިޕް 4 ގެ އަގަކީ 999.99 ޑޮލަރެވެ. އަދި ޒެޑް ފޯލްޑް 4 ގެ އަގަކީ 1،799.99 ޑޮލަރެވެ.

ޓެގްސް: ސެމްސުންގ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.