ތޮއްޖެހިފައިވާ މާލޭގައި ބަޔަކު ދިވެހިދިދަ އާއިއެކު ނިކުމެ މުޒާހިރާކުރަނީ

ދީން

ނޭއްގާނީ ޢަމާލާއި ފިކުރުތައް ފެތުރުން ހުއްޓާލަންޖެހޭ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 އޯގަސްޓު 2022 , ބުރާސްފަތި 21:05   629

ތަރައްޤީ އާއި ތަހުޒީބުގެ ގޮތުން ދިވެހިރާއްޖެ އަންނަނީ ކުރިއަރަމުން ނަމަވެސް، އަޚްލާޤީގޮތުން ދިވެހި މުޖްތަމަޢު މިއަދު މިވަނީ ދަށުދަރަޖައަކަށް ވެއްޓިފައިކަމަށް ގިނަބަޔަކު އެބަ ބުނެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް މި ލިބިފައިވާ ތަރައްޤީގެ ޙަޤީގީ ފޮނި ރަހަ ދެކިލުމުގެ ނަޞީބު މިވަނީ ނުލިބިފައެވެ. މުޅި ޖީއްލެއްގެ ވިސްނުމާއި ފިކުރު ފަނާކޮށްލީ ކޮންކޮން ކަންތައްތަކަކުން ބާއެވެ؟ މިއީ ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް ވިސްނާލަން ޖެހިފައިވާ ސީރިއަސް މައްސަލައެކެވެ.

ވައްކަމާއި، ރޯ މާދުވާލު ލޫޓުވުމާއި، ކުޑަކުދިންނާއި ފޮށުމާއި، މާރާމާރީ އާއި އެކަކަކު އަނެކަކަށް އަނިޔާ ކުރުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ކިޔަވައިގެން ތިބި ރަނގަޅުކުދިން މަސައްކަތްކޮށްގެން ޢާމްދަނީ ހޯދާކަށް ބޭނުމެއް ނުވެއެވެ. ސިޔާސީ ކަންކަމަކީ ވެސް އެމީހުންނާއި ބީރައްޓެހި، ފޫހި ކަންކަމެވެ. ހަށިގަނޑުން ކިތަންމެ ފިޓްކަމަށް ދެއްކިޔަސް، މެންޓަލީ ބައްޔެވެ. ސިކުނޑީގެ ދުޅަހެޔޮކަމެއް ނެތެވެ. ދިރއުޅުމުގެ ކަންކަމަށް ތައްޔާރެއް ނޫނެވެ. އެހެންވީމާ ދެންވާނީ ވަލްނަރަބްލް އެވެ. ފަސޭހައިން އޮޅުވާލެވިދާނެއެވެ. ޙިއްސުތަކުގައި ދިރުމެއް ނެތެވެ. ކުރަންބޭނުން ނުވާކަންކަން އޭނާ ލައްވާ އެހެންމީހުންނަށް ފަސޭހައިން ކުރެވިދާނެއެވެ. ދިރިއުޅުމުގެ ރިމޯޓް ކޮންޓްރޯލް އޮންނަނީ އެހެން މީހުން އަތުގައެވެ.

މީގެ، ނާޖާއިޒު ފައިދާ ނަގަނީ، ގިނަފަހަރު، މާބޮޑު ތަޢްލީމެއް ނެތް، ފަސްބައި ކިލަނބު، އެހާ "ކޮރަޕްޓް" އަދި ތަންދޮރު ނުދަންނަ މީހުންނެވެ.

މިބުނާ ކޮރަޕްޓް މީހުންގެ އެޖެންޑާއަކަށް ގިނަފަހަރު ވެފައި މިއޮންނަނީ އެއްކަލަ ވަލްނަރަބްލް މީހުން ލައްވާ، ދޭތެރެޖެއްސުމާއި، ދެބައޮޑުވުމާއި، ބޭޒާރުކޮށް ބަދުނާމުކުރުމާއި، އަގު ވައްޓާލުމާއި، އެހެންމީހުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމެވެ. އެމީހުން ކުރާ ނުބައި ފާޙިޝްކަންކަން ވެސް ގިނަފަހަރު ގޮސް އެޅެނީ ކޮންމެވެސް އެހެން މީހެއްގެ ބޮލުގައެވެ. ބޭނުމަކީ ހަޤީގަތް އޮޅުވާލުމެވެ. އަދި ހިތް ނޭދޭ މީހާއާއި ދޭތެރޭ ނަފްރަތް އުފެއްދުމެވެ. އޭނާގެ އަބުރު ކަތިލާ ވެއްޔާއި މޮޑެލުމެވެ. މިކަންކަމާއިމެދު ވިސްނާ ސަމާލުވާންވެއްޖެއެވެ.

މިފަހަކަށް އައިސް ޖިންސީ ގޯނާއާއި، ފުރައްސާރަ އާއި، ފާޙިޝްކަންކަމުގެ ފޮޓޯތަކާއި ވީޑިއޯތަކަކީ ގިނަ ބައެއް ސަމާލުކަން ހޯދާފައިވާ މަޤްބޫލު ކޮންޓެންޓަށް [އެއްޗިއްސަށް] މިވަނީވެފައެވެ. އެތަކެތި މީޑިއާ އަދި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި، ދައުރުވަމުންދަނީ އަލި ދަތުރުކުރާ މިނަށްވުރެ ބާރަށޭ ބުނެލިޔަސް ދޮގަކަށް ނުވާނެއެވެ. ކޮންމެ މީޑިއަކުން ވެސް ބަލަމުން ދިޔައީ، އެކަންކަމުގެ ފުލްކަވަރޭޖް ހެދޭތޯއެވެ. ނޫސްވެރިން ވެސް ދެކިލީ މަޝްހޫރުވެލަން ރަނުގެ ފުރުޞަތެއްގެ ގޮތުގައެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ އަވަހަށް ބްރޭކްކޮށްލާށެވެ. [ފަޅާލާށެވެ.]

ދީނީގޮތުން ވެސް، އަދި ދުނިޔެވީގޮތުން ބަލާއިރު ވެސް ރަނގަޅުކަންކަން ފެތުރޭ މިންވަރަށްވުރެ ނޭއްގާނީކަންކަން ފެތުރޭ މިންވަރު ބޮޑުވާނެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވަކިކަހަލަ ކަންކަމުގައި ޚަބަރުލިޔެ ނަހަދައެވެ. މިސާލަށް ދަންޖެހުމާއި ގުޅުންހުރި ޚަބަރުތައް ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި އެހާބޮޑަށްދައްކައި، އެވާހަކަތައް "އެމްޕްލިފައި" ކޮށެއް ނަހަދައެވެ. އެއީ އެފަދަ ވާހަކަތަކުން އެހެންމީހުންނަށް އެކަންކުރުމަށް ހިތްވަރު ލިބޭތީއެވެ. މުޖްތަމަޢެއްގައި ހުރިހާ އެންމެންނަކީ ފިކުރީގޮތުން ވަރުގަދަބައެއް ނޫނެވެ. ސައްދާމް ހުސޭނު ދަންޖައްސާލި ވީޑިއޯ ޢާއްމުވުމާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކިތައް ކުޑަކުދިން ދަންޖެހިފައިވޭބާއެވެ؟ އޭގެން ގިނަކުދިންނަކަށް ދަންޖެހުމަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ. އެކަމަކު ވީޑިއޯއިން ފެނުގޮތަށް ކަންކުރީ ވާގޮތް ބަލަން މަސައްކަތްކުރީއެވެ.

އަޅުގަނޑުމެންގެ މީޑިއާތަކަކީ މިއަދު ނޭއްގާނީކަން ފެތުރުމުގައި ހައްދު ފަހަނަޅާފައިވާބައެކެވެ. އަދި އަޅުގަނޑުމެން ދިވެހިން ވަނީ އެފަދަ ޚަބަރުތަކާއި މީޑިއާގެ ވަޞީލަތްތަކަށް އިންތިހާއަށް ތަރުޙީބުދީ އަތްޖަހާ ބަޔަކަށް ވެފައެވެ. އިތުރަށް ހޭވިވަރަކަށް މިދަނީ އަޑިއަށެވެ. އެއީ ދެވިހިފާ ކަމެކެވެ. އެހެންޏާފަހެ، އެހެންމީހުންގެ ވާހަކަ ދެއްކުމާއި، ދެބައޮޑުވުމާއި، ދޭތެރެޖެއްސުމަކީ ގެއްލިފައިފައިވާބަޔަކަށް އޮތް އެންމެ ބޮޑު، އެންމެ ފަސޭހަ އަދި ޚަރަދުކުޑަ މުނިފޫހިފިލުމުވުމުގެ ވަޞީލަތްކަމަށް ދެކޭމީހުން ގިނައެވެ. ނަމަވެސް އެއީ ތަހުޒީބުގެ ތެރޭގައި ނުހިމެނޭ އަދި ދީނާއި ވެސް ދުރުކަންކަމެވެ.

މުޖްތަމަޢެއްގައި ފަސާދަ ފެތުރިއްޖެނަމަ، އޭގެ ޒިންމާ އުފުލަންޖެހެނީ ވެރިންނެވެ. ރައްޔިތުންނަށް އޮތްހާ ވެސް ގޮތަކީ ރަނގަޅު ވެރިން ތިބިތަނަކުން ހޯދައި އިސްކުރުމެވެ. އިންސާފަކީ އަބަދު މަގުމަތިން ހޯދާއެއްޗަކަށްވެއްޖަނަމަ އެއީ އިންސާނީ އުސޫލުން ބޭރުވެވުނީއެވެ. އެއީ ޖަންގަލީއެއްގައި، ވަލުޖަނަވާރުންގެ އުސޫލްތަކެވެ. އިންސާފު ހޯދަންޖެހެނީ މީޑިއާ ނުވަތަ ސޯޝަލް މީޑިއާއަކުން ވެސް ނޫނެވެ. އިންސާފު ހޯދަންޖެހެނީ ޝަރީޢަތުންނެވެ. ޝަރީޢަތް ގޯސްނަމަ ޝަރީޢަތްކުރާގޮތާއި ފަނޑިޔާރުން ބަދަލުކުރުމުގެ އިޢްތިޔާރާއި ބާރުވެސް އެބައޮތެވެ.

މަގުމަތިންނާއި ސޯޝަލްމީޑިއާއިން އިންސާފު ލިބޭނެކަމަށް ދައްކާދެއްކުމަކީ ދަޅައެކެެވެ. ހޭލަންވެއްޖެއެވެ.

ޓެގްސް: މާރާމާރީ ޚިޔާލު އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.