ޑިޒްނީ އަދި ނެޓްފްލިކްސް ކުފުނީގެ ލޯގޯތައް، މ ދެކުންފުންޏަކީ ވެސް ޒަމާނުއްސުރެ ވާދަވެރި ދެކުންފުނި

މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ މަގުބޫލުކަންވެއްޓި، ޑިޒްނީ އިން ބޮޑުތަން ކުރިއަށް ޖެހިލައިފި

ދާނިޝް - އެމެރިކާ | 13 އޯގަސްޓު 2022 , ހޮނިހިރު 09:34   619

އާންމުންގެ މެދުގައި ނެޓްފްލިކްސް ގެ މަގުބޫލުކަން ދަށަށްޖެހި ނެޓްފްލިކްސްއަށްވުރެ ޑިޒްނީގެ ސަބްސްކްރައިބަރުން އިތުރުވެއްޖެއެވެ.

ޖުލައި މަސް ފެށުނުއިރު ޑިޒްނީގެ 221.1 މިލިއަން ސަބްސްކްރައިބަރުން ތިބިކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ކުއާޓަރުގައި ޑިޒްނީއިން 14.4 މިލިއަން ޑިޒްނީ ޕްލަސް ސަބްސްކްރައިބަރުންވެސް އިތުރުކޮށްފައިވެއެވެ. މިއީ ސްޓްރީމިން ނެޓްވޯކްސްތައް ދިރާސާ ކުރައްވާ ބޭފުޅުން ލަފާކުރިވަރަށްވުރެ މާބޮޑަށްވެސް އިތުރު އަދަދެއް ކަން ފާހަގަކޮށްލެވެއެވެ.

ޑިޒްނީއިން ސަބްސްކްރައިބަރުން އިތުރުކުރުމަށް ގިނަ މަސައްކަތަ ތަކެއް ކުރަމުން ދެއެވެ. އެގޮތުން މިއަންނަ ޑިސެމްބަރުމަހު އެމެރިކާގައި އާ އެޑް ސަޕޯޓްޑް ސްޓްރީމިންގ ހިދުމަތެއް ތައާރަފްކުރަން ތައްޔާރުވަމުން އަންނަކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި އެޑް ފަންޑުކޮށްގެން އާ ހިދުމަތެއް ތައާރަފްކުރަންވެސް ޑިޒްނީއިން ވަނީ ނިންމައިފައެވެ. މީޑިއާ ތަކުން މައުލޫމާތު ދޭގޮތުގައި މި ހިދުމަތުން ސަބްސްކްރިޕްޝަން ރޭޓުގެ ގޮތުގައި ނަގަން ނިންމައިފައި ވަނީ ކުރިންވެސް ނަގާ އަދަދު ކަމަށްވާ 7.99 ޑޮލަރެވެ. އިޝްތިހާރު ނުކުރާ ހިދުމަތުގެ އަގު މަހަކު 10.99 ޑޮލަރަށް އަރާނެކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ސްޓްރީމިންގް ޙިދުމަތް ތަކުގެ ތެރެއިން ޑިޒްނީއާއި ނެޓްފްލިކްސް އަކީ ޒަމާނުއްސުރެވެސް ވަރަށް ވާދަވެރި ދެ ސްޓްރީމިންގް ޕްލެޓްފޯމެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނެޓްފިލްކްސްގެ ފިޔަފާރިއަށް ބޮޑެތި ގެއްލުން ތަކެއް ލިބި އެންމެ ފަހުގެ ކުއާޓަރުގައިވެސް ގާތްގަނޑަކަށް އެއް މިލިއަން އެކައުންޓް ވަނީ ގެއްލިފައިވައެވެ. އެ ކުންފުނީގެ ސަބްސްކްރައިބަރުންގެ ޖުމްލަ އަދަދަކީ މިހާރު 220.67 މިލިއަންއެވެ.

ޓެގްސް: ހޮޅިވުޑް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.