ސަލްމާން ރުޝްދީ، އިނގިރޭސި ދަރިކޮޅަކުން އިންޑިއާއަށް އުފަން އެމެރިކާގެ ރައްޔިތެއް، ލިޔުންތެރިއެއq

ދީން

އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންއައި, ސަލްމާން ރުޝްދީއަށް ވަރަށް ނުރައްކާތެރި ހަމަލާތަކެއްދީފި

ޒައިން ޠާލިބް - ދުނިޔެ | 13 އޯގަސްޓު 2022 , ހޮނިހިރު 10:25   846

އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންއައި، ސަލްމާން ރުޝްދީއަށް ވަރަށް ނުރައްކާތެރި ހަމަލާތަކެއްދީފިއެވެ. އޭނާއަށް ހަމަލާދީފައި ވަނީ ނިއުޔޯކްގެ ކޮލެޖެއްގައި ވާހަކަދައްކަން ހުއްޓައެވެ. މިހާރު އޭނަ އަށް އަންނަނީ ވެންޓިލޭޓަރެއްގައި ބާއްވައި ފަރުވާދެމުންނެވެ. މިހަމަލާގެ ސަބަބުން އޭނާގެ އެއް ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ޑޮކްޓަރުންބުނެއެވެ.

ނިއުޔޯކް ސްޓޭޓްގެ ފުލުހުން ބުނާގޮތުގައި މިހަމަލާދިނުމުގައި، ޝައްކު ކުރެވޭ މީހާ ދުވެފައި ގޮސް ސްޓޭޖަށް އަރައި ރުޝްދީ އާއި ނިއުޔޯކް ސްޓޭޓްގެ ޗައުޓައުކުއާ އިންސްޓިޓިއުޓްގައި އިންޓަވިއު ކުރަންހުރި މީހަކަށް ހަމަލާދީފައިވާ ކަމަށެވެ.

ރުޝްދީގެ ކަރާއި ބަނޑުގައި މަދުވެގެން އެއްފަހަރު ވަޅިން ހަމަލާދީފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި އޭނާ ވަނީ ޕެންސިލްވޭނިއާގެ އެރީގެ ހޮސްޕިޓަލަކަށް ހެލިކޮޕްޓަރުގައި ގެންގޮސްފަ އެވެ.

މި ހާދިސާ އާއި ގުޅިގެން، ފުލުހުން ވަނީ ނިއު ޖާޒީގެ ފެއާވިއު އަށް ނިސްބަތްވާ ހާދީ މަތާރު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ.

ރުޝްދީ ވަނީ 1988 ވަނަ އަހަރު "ސެޓަނިކް ވާސަސް" ގެ ނަމުގައި ފޮތެއް ނެރެފައެވެ. މިފޮތް ލިޔުމަށްފަހު އިތުރުން އިސްލާމް ދީނާއި، މާތް ރަސޫލާއަށް ފުރައްސާރުކުރމުން އައި ރުޝްދީއަށް، އިސްލާމީ ގިނަ ގައުމުތަކުން މަރުގެ އިންޒާރުތައް އަހަރުތަކެއް ވަންދެން ދީފައިވެއެވެ.

އެ ފޮތް ނެރުނުތާ އަހަރެއްހާ ދުވަސް ފަހުން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޚުމައިނީ ވެސް ވަނީ ރުޝްދީއަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފައެވެ. އޭނާ ވަނީ ތިން މިލިއަން ޑޮލަރު އިނާމެއްގެ ގޮތުގައި ހުށަހަޅާފައެފައެވެ. ރުޝްދީއަކީ އަކީ ކުރިން މުސްލިމެެކެވެ، ނަމަވެސް ފަހަކަށް އައި އޭނާ އަންނަނީ އިސްމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހަމުންނެވެ.

ސަލްމާން ރުޝްދީގެ ފޮތް "ސެޓަނިކް ވާސަސް" ނެރުނު ހިސާބުން އިނގިރޭސިވިލާތުން ވަނީ އޭނާ އަށް ހިމާޔަތް ދީފައެވެ. އަދި އިނގިރޭސި ރާނީ އެލިޒަބަތުގެ ހާއްސަ އަމުރެއްގެ ދަށުން އިނގިރޭސިވިލާތުގެ ސިފައިން ސަލްމާން ރުޝްދީއަށް ސަލާމަތީ ރައްކާތެރިކަން ވެސް ދީފައިވެއެވެ. އޭނާ އޭގެ ފަހުން އާއްމުންގެ ތެރެއަށް ނިކުމެވެސް ނޫޅެއެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން އޭނާ އަނެއްކާވެސް އާއްމުންގެ ތެރެއަށް ނުކުންނަން ފެށިއެވެ.

ޓެގްސް: އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.