ރަޝިއާގެ ފައިސާއަށް މީހަކު ބާޒާރުން އެއްޗެހިތަކެއް ގަންނަނީ

ވިޔަފާރި

ރަޝިއާގެ އިޤްތިސާދު ވަރަށް ބޮޑަށް ހީނަރުވާން ފަށައިފި

ދާނިޝް - ޔޫރަޕް | 13 އޯގަސްޓު 2022 , ހޮނިހިރު 13:09   505

މިދިޔަ ފެބްރުއަރީ މަހު ފެށުނު ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރިސެޝަނަކަށް ހުށަހެޅިފައިވާ ރަޝިއާގެ އިޤްތިސާދީ ދުވެލި މިއަހަރުގެ ދެވަނަ ކުއާޓާގައި 4.0 އިންސައްތަ މަޑުވެއްޖެކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރަޝިއާގެ އިޤްތިޞާދު ހީނަރުވެ، ރިސެޝަނަކަށް ހުށަހެޅިގެންދިޔައީ ހަނގުރާމައާއި ގުޅިގެން ރަޝިއާއާއި ދެކޮޅަށް ހުޅަގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ. ރަޝިއާގެ އިޤްތިސާދާބެހޭ މާބޮޑު ތަފްސީލެއް އެގައުމުން ހާމަކޮށްފައި ނުވާއިރު، އިޤްތިސާދު ދިރާސާ ކުރައްވަވާ މާހިރުން ގަބޫލުކުރައްވާ ގޮތުގައި ރަޝިއާގެ އިޤްތިސާދަށް މިއަންނަމުންދާ ހީނަރު ކަމަކީ ކޮންސިއުމަރ ޑިމާންޑް ދަށްވުމެވެ. ނަމަވެސް ހީކުރިވަރަށްވުރެ ރަޝިއާގެ ދެވަނަ ކުއާޓާގެ ޖީޑީޕީ ދަށްވެފައެއް ނުވެއެވެ. އެއީ 7 އިންސައްތައެވެ.

ރަޝިއާގެ އިޤްތިސާދާއި ބެހޭގޮތުން މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި އެ ޤައުމުގެ ތިންވަނަ ކުއާޓާގެ ޖީޑީޕީ 7 އިންސައްތަ ދަށަށް ދިއުން ގާތެވެ. އެހެންވެއްޖެނަމަ އޭގެ އަސަރު ޢާއްމު ދިރިއުޅުމަށް ވަރަށްބޮޑަށް ފޯރާނެއެވެ.

ޓެގްސް: ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.