ޖޯންސަން އެންޑް ޖޯންސަންގެ ފުށް

ވިޔަފާރި

ޖޯންސަން ކުންފުނިން ކުޑަކުދިންގެ ފުށް އުފެއްދުން ހުއްޓާލަނީ

ދާނިޝް - އެމެރިކާ | 13 އޯގަސްޓު 2022 , ހޮނިހިރު 16:23   444

ތުއްތު ކުދިންގެ ބިއުޓީ ޕްރޮޑަކްޓް ތަކުން އާންމުންގެ ލޯބިހޯދައިފައިވާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުނި ޖޯންސަން އެންޑް ޖޯންސަން (ޖޭ އެންޑް ޖޭ) ގެ، ފުށް އުފަށްދައި ވިއްކުން އަންނަ އަހަރުން ފެށިގެން ހުއްޓާލަން އެ ކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނިން މިކަން އިއުލާނު ކޮށްފައިވާ ވާއިރު މި ފުށް އުފައްދާ ވިއްކާތާ މިހާރު 130 އަހަރު މިވަނީ ވެފައެވެ. މި ޕްރޮޑަކްޓް ވިއްކުން ހުއްޓާލައި ވަކި ސަބަބެއް ޖޭ އެންޑް ޖޭ އިން ހާމަކޮށްފައި ނުވާއިރު އެމެރިކާގައި އެކުންފުނީގެ އުފެއްދުންތައް ވިއްކުން ހުއްޓަލިތަނާއި މިހާރު 2 އަހަރު މިވަނީ ވެފައެވެ.

ޖޭ އެންޑް ޖޭ އިން އުފައްދާ ފުށުގައި އެސްބެސްޓޯސް ކިޔާ މާއްދާއެއް ހުންނަކަމަށް ބުނެ ދުނިޔޭގެ އެކި މީޑިއާ ތަކުގައި ތުޙުމަތު ތަކެއް ވަނީ މީގެ ކުރިން ފެންމަތިވެފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ޖޭ އެންޑް ޖޭގެ ފުށުގައި ރަޙިމުގެ ކެންސަރަށް މަގުފައި ކުރުވާ މާއްދާއެއް ހިމެނެއެވެ. މި ތުހުމަތުތައް އެ ކުންފުނިން ވަނީ ތަކުރާރުކޮށް ދޮގުކޮށް އެ ކުންފުނީގެ އުފެއްދުން ތަކަކީ 10 އަހަރުގެ ދިރާސާ ތަކުން ތަހުލީލު ކޮށްފައިވާ އުފެއްދުން ތަކެއް ކަމަށް ބުނެފައެވެ.

ރަހިމުގެ ކެންސަރަށް މަގުފަހި ކުރުވާ ކަމަށް ބުނާ މާއްދާ، އެސްބެސްޓޯސް ގެ ސަބަބުން ކެންސަރު ޖެހުނު ކަމަށް ބުނާ މީހުން ވަނީ ޖޭ އެންޑް ޖޭ އާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާއި ކުންފުންޏާއި ދެކޮޅަށް ދައުވާވެސް ކޮށްފައެވެ.

ޖޭ އެންޑް ޖޭ އިން ވަނީ އެމެރިކާ އަދި ކެނެޑާއިގައި ކުޑަކުދިންގެ ފުށް ވިއްކުން 2020 ވަނަ އަހަރު ހުއްޓާލާފައެވެ. އެއީ އެ އުފެއްދުމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން "ގޯސް މައުލޫމާތު" ދިނުމާ ގުޅިގެން ޑިމާންޑް ދަށްވެފައިވާތީކަމަށް އެ ކުންފުނިން ބުނެއެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.