ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުން، ކަރިކިއުލަމްގައި ގާޑެނިންގ ގެ ފިލާވަޅުތައް ހިމަނައި، ރަސްމީ ސިފައެއްގައި ގާޑެނިންގ މިހާރު އެސްކޫލުން ކިޔަވައިދޭނެ.

ހަބަރު

މިއާންޒް އިންޓަނޭޝަނަލް ސްކޫލް އިން ދަނޑުވެރިކަން ރަސްމީކޮށް ކަރިކިއުލަމްތެރެއިން ކިޔަވައިދޭން ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 އޯގަސްޓު 2022 , ހޮނިހިރު 20:26   498

މައިކޮލެޖްގެ އައްޑޫގައި ހުންނަ ގާޑެނިންގ ސްކޫލް އިން މިއާންޒް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް، ރަސްމީ ސިފައެއްގައި ގާޑެނިންގ އަދި ދަނޑުވެރިކަމުގެ މަސައްކަތާއި ގުޅޭ ފިލާވަޅުތައް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

.

މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ޙަފްލާ ބޭއްވުނީ ބުދަ ދުވަހުގެ ހަވީރު، މައިކޮލެޖް އައްޑޫ ކެމްޕަހުގައެވެ.

އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން މައިކޮލެޖް އައްޑުގައި ހުންނަ ކެމްޕަހުގެ މެނޭޖަރު މަރިޔަމް ޝިފާނާ ވިދާޅުވީ، މިހާރު ފެށިގެން ކުރިއަށް މިދަނީ "ޕްލާންޓް ގާޑިއަންޝިޕް" ގެ ފުރަތަމަ މަރުޙަލާކަމަށެވެ. މިގޮތުން މިހާރު ވާނީ މިއާންޒް ސްކޫލްގެ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2 ގެ ދަރިވަރުންގެ ކަރިކިއުލަމްގައި ރަސްމީކޮށް މި މޮޑިއުލްތައް ހިމަނާފައިކަމަށެވެ.

ފުރަތަމަ މަރުޙަލާގައި އަޅުގަނޑުމެން ޕްރޮގްރާމް މިގެންދަނީ 5 މަސް ދުވަހަށް ބަހާލައިގެން. މި މުއްދަތުގެ ތެރޭގައި ދަރިވަރުންނަށް ކޮންމެ ހަފްތާއަކުވެސް ފިލާވަޅުތައް ނަގައިދެވޭނެ ގާޑެނިންގ ގެ ހުނަރުތައްދީ ކުދިން އަހުލުވެރިކުރުމަށް. ދެވަނަ މަރުޙަލާގައި އަޅުގަނޑުމެން ދަރިވަރުންނަށް އިތުރު ޒިންމާތަކެއް ކަނޑައަޅައި ބަލަހައްޓަމުން ގެންދާނަން.

~ މަރިޔަމް ޝިފާނާ، މައި ކޮލެޖް، ހިތަދޫ ކެމްޕަސް މެނޭޖަރ

މި ޕްރޮގްރާމް ކުލަގަދަކޮށް ފައްޓަވާދެއްވީ މައިކޮލެޖްގެ ޗެއަރމަން އަހުމަދު މޮއްތަކީ އާއި މިއާންޒް އެޑިއުކޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) މުޙައްމަދު ޙަލީމް އިތުރުން ރެކްޓަރ، ލަމްޔާ ހާދީ އެވެ. ދެބޭފުޅުން ވެސް ދަރިވަރުންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.

މިލިޔުމާއި ގުޅޭ:

މީގެ ކުރިން ސީއީއޯ މޮއްތަކީ އެކްސްޕްރެސް ނޫހަށް ދެއްވި ޚާއްޞަ އިންޓަވިއު

ގާޑެނިން ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ތެރެއިން
ގާޑެނިން ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ތެރެއިން
ގާޑެނިން ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ތެރެއިން
ޓެގްސް: މައިކޮލެޖް ދަނޑުވެރިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.