ގުދުސް ހުޅަނގު ފާރު ކައިރީގައި ބަޑިޖެހުމުގައި ފުލުހުން ހަރަކާތް ތެރިވަނީ

ހަބަރު

ގުދުސްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި އިޒްރޭލްގެ ގިނަބަޔަކު ޒަޚަމްވެއްޖެ

ޒައިން ޠާލިބް - މެދުއިރުމަތި | 14 އޯގަސްޓު 2022 , އާދީއްތަ 17:38   343

ގުދުސްގެ އެކި ތަންތަނަށް ބަޑިޖަހައި ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފި އެވެ.

އިޒްރޭލުގެ ކަމާއިބެހޭ ފަރާތްތަކުން މަޢްލޫމާތު ދީފައިވާގޮތުގައި، ބަޑި ޖަހާފައިވަނީ ބަހެއްގެ ތެރެއިންނެވެ. ތާރީހީ ހުޅަނގު ފާރު ކައިރީގައި ހުންނަ ކާރު ޕާކް އެއްގެ ތެރެއިން ކަމަށެވެ. އަދި ބަޑިޖަހާފާވާ ގަޑިއަކީ 01:24 ހާއިރު ކަމަށް އެމަޖެންސީ އޮފިޝަލުން ބުނެއެވެ.

މިހާދިސާގައި ބަޑިޖެހިމީހުން ވަނީ ފިލާފައެވެ. އެހެންކަމުން ފުލުހުންް ވަނީ ބަޑިޖެހި މީހުން ހޯދުމުގެ މަސައްކަތް ވެސް ފަށާފައެވެ. މިބަޑިޖެހުމުގެ ހާދިސާގައި ބައިވެރިވީ ކިތައް މީހުންކަން ސާފު ނުވި ނަމަވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުންގެ ތެރެއިން ދެ މީހަކުވަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެނގެއެވެ.

ޒަަހަމްވިމީހުންގެ ތެެރޭގައި 6 ފިރިހެނުން އަދި 1 އަންހެނަކު ހިމެނެއެވެ. އަދި އޭގެ ތެރެއިން 2 މީހުން ވަރަށް ޙާލު ދެރަކަމަށް އެރަށުގެ ހެލްތް ޕާރޓްމެންއިން އަންގައެވެ.

މި ހަމަލާ ދީފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހު 11 ދުވަހުގެ ހަމަނުޖެހުން ހިނގި ފަހުން ޣައްޒާ ސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެހަދިސާއިން ވަސް ޣައްޒާ ސަރަހައްދުގައި 44 މީހުން ވަނީ މަރުވެފައެވެ.

ޓެގްސް: އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.